ތަރައްގީގެ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ދުވެލި އެހެން ސަރުކާރުތަކަށްވުރެ ހަލުވިކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހުގެ ރިޔާސީ ވަޢުދުތައް ފުއްދެވުމާއި، ސަރުކާރުގެ ތަރަައްގީގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރާ އެމްޓީސީސީގެ ހިންގުމާއި ހަވާލުވެ ހުންނެވި އާޒިމް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަސައްކަތްތައް އެހެން ސަރުކާރުތަކާއި އަޅާބަލާއިރު، މާބޮޑަށްވެސް އިތުރުވެފައި މާ ބޮޑަށް ވެސް ހަލުއި ކަމަށެވެ.

އާޒިމްގެ ވާހަކައިގައި، ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދެވުމުގައި އެމްޓީސީސީން މުހިއްމު ދައުރެއް އަދާކުރާއިރު، އެ މަސައްކަތްތައް ހިންގަމުން އަންނަ ދުވެލި ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ކުރީގެ އެއްވެސް ސަރުކާރަކުން 5 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައި ނުވާހާ މަސައްކަތް މި ދެ އަހަރު ދުވަހުގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެވާހަކަތަކުގެ ހެކި ދައްކަވަމުން އާޒިމް ވިދާޅުވީ ދެ އަހަރާ އަޅާބެލި ބެލިނަމަވެސް ތަރައްގީގެ އެންމެ ގިނަ މަސައްކަތްތައް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަން ރިކޯޑުން ފެންނަން އެބައޮތްކަމަށެވެ.

މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ މަސައްކަތްތައް ރެކޯޑް އަދަދަކަށް ކުރިއަށް ގެންގޮސްފައިވާއިރު، އެމްޓީސީސީން ވަނީ އެކުންފުނީގެ ތާރީހުގައިވެސް ކުރިއަށް ނުގެންދާހާ ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައެވެ. އަދި އެކުންފުނީގެ މަސައްކަތުގެ ސްޕީޑުވެސް ވަނީ އެތައް ގުނައެއް ހަލުވިވެފައެވެ. އެގޮތުން އަހަރުތަކެއް ހޭދަވާ ބަނދަރު ހެދުމާއި އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަަސައްކަތްތައް، މަދު މަސްތަކަކަށް އަވަސްވެ އެމްޓީސީސީގެ މަސައްކަތްތައް ވަނީ އެތައް ތަނަކުން ހަލުއި ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން