ގައުމުތަކާއެކު ޑީލް ހަދައިގެން އުޅޭ މީހުންނާއެކު ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ސިޔާސީ މަސައްކަތެއް ނުކުރައްވާނެކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޕީޕީއެމް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ރައީސް ޔާމީން އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، 2018 ވަނަ އަހަރުވެސް ސިޔާސީ ގިނަ ފަރާތްތަކަކުން ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް އެބޭފުޅުންނާއެކު މަސައްކަތް ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުނުވީ ވަރަށް މުހިއްމު ސަބަބުތަކަކާއި ގުޅިގެންކަމަށް ސެންބެ ވިދާޅުވިއެވެ. އެގޮތުން ގައުމުތަކާއި ޑީލްތައް ހަދާފައިވާވުމާއި ސިޔާސީ ގޮތުން ކިލަނބުވެފައިވުމަކީ، ބައެއް މީހުންނާއެކު ސިޔާސީ މަސައްކަތް ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުނުވި ސަބަބުތައްކަމަށް ސެންބެ ވިދާޅުވިއެވެ.



ރައީސް ސާލިހާއެކު ސިޔާސީ މަސައްކަތް ކުރެއްވެން ދެން ނެތްކަމަށް ވިދާޅުވެ ރައީސް ޞާލިހު ދޫކޮށްލައްވައި، ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވިނަމަވެސް، ޕީޕީއެމުން މިހާރު ވަނީ އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ. ޕީޕީއެމުން ބުނީ ރައީސް ޔާމީނާ ރައީސް ނަޝީދަކީ ތަފާތު ދެ ފިކުރު ކަމަށާއި، އެ ދެ ފިކުރު އެއްކޮށް މަސައްކަތްކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން