ރާއްޖެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުން ދަނީ
ރާއްޖެއަށް ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުން ދަނީ
މި އަހަރުގެ އަޟުޙާ ޢީދުނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް ނިންމައިފާވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލެ ސިޓީގައި އަޟުޙާ ޢީދުނަމާދު ބޮޑު ޖަމާއަތް ހަދައިގެން ނުކުރާނެ ކަމަށާއި، ބޮޑު ޖަމާއަތުގައި އަޟުޙާ ޢީދުނަމާދު ނުކުރިއަސް، ގައިދުރުކަމާއެކު މިސްކިތްތަކުގައި ޢީދުނަމާދު ކުރުން އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސިޓީގައި ބޮޑު ޖަމާއަތް ހަދައިގެން މިފަހަރުގެ އަޟުޙާ ޢީދުނަމާދު ނުކުރަން ނިންމި ނަމަވެސް، ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅު އެންމެހާ ރަށްތަކުގައި އަޟުޙާ ޢީދުނަމާދު ބޮޑު ޖަމާއަތް ހަދައިގެން ކުރެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އެގޮތުން މޮނިޓަރިންގެ ހާލަތުގައި ނެތް، އަދި ކޮވިޑްގެ ހާލަތު ރަނގަޅު ހުރިހާ ރަށެއްގައި އެ ރަށެއްގެ ރައްޔިތުންގެ ރުހުމާއެކު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއަށް ކުރިމަތި ވުމުގެ ކުރިން ފިތުރު އީދާއި، އަޟުޙާ ޢީދުނަމާދު މާލެ ސިޓީގައި ކުރަނީ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތް ހަދައިގެންނެވެ. ބޮޑު ޖަމާއަތުގައި ޢީދުނަމާދު ގާއިމްކުރުމަކީ އިސްލާމްދީނުގެ މަތިވެރި ޝިއާރަކަށްވާއިރު، ބޮޑު ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމި މި ނިންމުމަކީ މިހާރުގެ ހާލަތަށް ބަލާފައި އެންމެ ރައްކާތެރި ގޮތް ކަމުގައިވާތީ ނިންމި ނިންމުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން