އަހުމަދު މަސްނޫމް   14 ޖުލައި 2021 - 18:12
ކާށިދޫއިން 2 މީހަކު ކޯވިޑަށް އެރަށް މޮނިޓަރިންގ ހާލަތަށް ގެނެސްފިއެވެ.

ކާށިދޫއިން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ރަށު ފްލޫ ކުލިނިކަށް ދެއްކި ދެ ބިދޭސީންނެވެ. އަދި އެމީހުންނަކީ މާލެއިން އައި ބައެއް ނޫންކަމަށާއި، އެއީ އެރަށުގައި މަސައްކަތްކުރާ ބައެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މަހެއްހާ ދުވަސް ފަހުން ކާށިދޫއިން ކޯވިޑް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގއަށް ލާފައިވާއިރު، މީގެކުރިންވެސް ކޯވިޑް ކޭސްތަކެއް ފެނިގެން އެރަށް މޮނިޓަރިންގއަށް ލާފައިވެއެވެ.

ކާށިދޫ މޮނިޓަރިންގ އަށް ލުމާއެކު އެރަށުގައި ދަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އެރަށުގައި ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން