އިދިކޮޅު ޕީޕީއެމާ ގުޅިގެން މަަސައްކަތްކުރުމާ ގުޅޭގޮތުން ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ބާރު ދޭ މޭރުމަކުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފުވެސް ވާހަކަ ދައްކަވައިފިއެވެ.

އެމްޑީޕީގެ އިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ވަރަށް ފަހުން ރައީސް ނަޝީދު ފޮނުއްވި މެސެއްޖެއްގައި ވަނީ ރައީސް ސާލިހު ދޫކުރަށްވައި، ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. މިވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.

ޕީޕީއެމްއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރައްވާފައިވަނިކޮށް، އެމްޑީޅީގެ ޗެއަރޕާސަން ހަސަން ލަތީފު ވެސް ވަނީ ރައީސް ނަޝީދުގެ ވާހަކަފުޅަށް ބާރުދޭ ގޮތަށް ވާހަކަދައްކަވާފައެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގައި އުސޫލުތަކަކާއި އުއްމީދުތަކެއްވާކަމަށެވެ. އަދި ބޭނުންވަނީ ކާބަފައިން އުޅުނު ރިވެތި އިސްލާމްދީނުގައި ތިބެންކަމަށް ހަސަން ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ އަފްޤޣާނިސްތާނަށް ނުވެ އޮންނާނެ މަގުކަމަށް ހަސަން ވިދާޅުވިއެވެ.



ހަސަން ވިދާޅުވީ އެމްޑީޕީއާއި، ޕީޕީއެމްގައިވެސް ކޮރަޕްޝަނާއި، ހަރުކަށި ފިކުރު ގަބޫލުނުކުރާ އެތައް ބަޔަކު އެބަތިބިކަމަށެވެ.



ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށާއި، އެގޮތުން އެމްޑީޕީއަށް އަައު އިއްތިހާދެއް ބޭނުންވާ ކަމަށެވެ. އެފަދަ އިއްތިހާދެއްގައި ހުންނަން އެމަނިކުފާނު އެދިވަޑައިގަންނަވާ ސިފަތައްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެދެއްވާފައެވެ.

"އެއީ އިންޑިޔާ އައުޓު ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމްނުކުރާ، ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަނުކުރާ އިއްތިހާދެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްއާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވިނަމަވެސް، ޕީޕީއެމުން ބުނެފައިވަނީ މުޅިން ތަފާތު ދެ ފިކުރަކަށްވާތީ ރައީސް ނަޝީދާއެކު މަސައްކަތްކުރެވެން ނެތްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން