ޕީޕީއެމުން ލާދީނީ ފިކުރަށް ދީލާނުލާނެކަމަށް އުއްމީދުކުރައްވާކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް އަލީ ޒައިދު މިހެން ވިދާޅުވެފައި މިވަނީ، ޕީޕީއެމްއާއެކު މަަސައްކަތް ކުރުމަށް ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވުމާއި ގުޅިގެންކަމަށް ބެލެވެއެވެ.

ޒައިދު ވިދާޅުވީ ‏ލާދީނީ ފިކުރު ރާއްޖޭގައި ދަނީ ބަލިވަމުންކަމަށެވެ. އަދި މީ ޙަމްދު ކުރަންޖެހޭ ވަރުގެ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ އޭނާގެ އުއްމީދަކީ ޕީޕީއެމުން ލާދީނީ ފިކުރަށް ދީލާނުލުންކަމަށެވެ. އަދި ޕީޕީއެމުން އެކަމަށް ދީލާލައިފިނަމަ ޕީޕީއެމް ވިއްސިވިހާލިވެގެން ދާނެކަން ޔަޤީންކަމަށް ޒައިދު ވިދާޅުވިއެވެ.

"އުންމީދުކުރަނީ އެހެންނުވާނެ ކަމަށް! ބުއްދި އިސްކުރާނެކަމަށް." ޒައިދު ވިދާޅުވިއެވެ.



ޕީޕީއެމްއާާއެކު މަސައްކަތްކުރުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވިނަމަވެސް، ޕީޕީއެމުން ވަނީ އެކަމުގައި ޝައުގުވެެރިކަމެއް ނެތްކަން ހާމަކޮށްފައެވެ. ނަމަވެސް ރައީސް ޔާމީން މިކަމާއި މެދު ސީދާ އެއްޗެއް ވިދާޅެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން