އަހުމަދު މަސްނޫމް   14 ޖުލައި 2021 - 15:8
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ ފަޅާލައި، ވައްކަންކޮށްފިއެވެ.

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ބެންކެކެވެ.



ފުލުހުން ވިދާޅުވީ އެސްޑީއެފްސީ ފަޅާލައި، އެތަނުން ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:00 ޖަހަނިކޮށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެސްޑީއެފްސީ ފަޅާލައި ވައްކަން ކޮށްފައިވީނަމަވެސް، އެކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން