ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް އަލުން ވެރިކަން ދޭން ރައްޔިތުންގެ ތާއީދު ނުކުރާކަމަށް އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންކަންވެސް ކުރައްވާފައިވާ އަލްހާން ވިދާޅުވީ ‏ރައީސް މައުމޫނާއި، ރައީސް ނަޝީދާއި ރައީސް ވަޙީދާއި ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަކީ ދިވެހިންގެ މެޖޯރިޓީން ބޭނުންވާ ކަމެއް ނޫންކަމަށެވެ.

އަލްހާންގެ ވަނީ އެބޭފުޅުން ދެއްވި ޚިދުމަތަށް ޝުކުރު އަދާކުރަށްވައި ނަމަވެސް ސިޔާސީ މައިދާނުން އެބޭފުޅުން އެކަހެރި ވެވަޑައިގަތުމަށް އިލްތިމާސް ކުރަށްވައިފައެވެ. އަދި މިއީ ޤަބީލާތަކާ ރޫޙާނީ ލީޑަރުންގެ ޒަމާނެއް ނޫންކަމަށްވެސް އަލްހާން ވިދާޅުވިއެވެ.



ކުރީގެ ރައީސުންނަށް ވެރިކަން ދޭން ރައްޔިތުން ބޭނުންނުވާކަމަށް އަލްހާން ވިދާޅުވިއިރު، ރައީސް ނަޝީދާއި ރައީސް ޔާމީންވެސް އަލުން ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަން ސިޔާސީ މަސްރަހުން އޮތީ ފެންނާށެވެ. ރައީސް ވަހީދު ބައެއް ފަހަރު އުޅުއްވާ ގޮތުންނާއި ވިދާޅުވާ ބަސްފުޅުތަކުން ވެރިކަމުގެ ޝައުގުވެރިކަން ހުންނަކަން ވަނީ ހާމަވެފައެވެ. ނަމަވެސް ރައީސް މައުމޫނުގެ ފަރާތުން އެފަދަ އެއްވެސް މަންޒަރެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު