ރާއްޖެއާއި ބޭރުގައުމުތަކާއެކު ހަދާ އެއްބަސްވުންތައް މެދުވެރިކޮށް ގައުމުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް އިސްކަން ދިނުން މުހިންމު ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އަވަށްޓެރި އިންޑިއާއާއި ދެމެދު ދިވެހި ސަރުކާރުން ހަދާ އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ. އެކަަމަށް އިޝާރަތް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ މުހިންމީ ގައުމުގެ މިނިވަންކަމާއި ދިވެހި ބިމާމެދު ނަޒާހަތްތެރިވުން ކަމަށެވެ. އަދި އެއްވެސް ދިވެއްސަކު ރާއްޖެ އަލުން އަނބުރާ އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށަށް ދާން ބޭނުންނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ބޭރުގެ ގައުމުތަކާއެކު އެއްބަސްވުންތައް ހަދާއިރު، އެ އެއްބަސްވުންތަކުގައި ގައުމުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް އިސްކަމެއް ދިނުން މުހިންމު." ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ޝަރީފު ވިދާޅުވީ، އިންޑިއާއަށް އެންމެ ފުރަތަަމަ އިސްކަންދޭ ނޫނީ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން މިސަރަހައްދު ރައްކާތެރިކުރުމަށް އެހީތެރިކަން ލިބިގެންދިޔުމަކީވެސް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ޒާތީ މަންފާތަކަށް ނުބަލައި ރާއްޖޭގެ ރައްޔިތުން ހިމާޔަތް ކުރުމަށް ގާނޫނުތަށް ހެދުމަކީ ސިޔާސީ ބޭފުޅުންގެ ޒިންމާއެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

އިންޑިއާއަކީ ރާއްޖެއާއި އެންމެ އަވައްޓެރި އެއްގައުމެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމަކީ އިންޑިއާއެވެ. އިންޑިޔާ އިން ލޯނު އެހީއާއި ހިލޭ އެހީގެ ދަށުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.

ނަމަވެސް އިންޑިއާއިން ރާއްޖެއަށް ވެދޭ އެހީތެރިކަމުގެ ފަހަތުގައި ރާއްޖޭގެ މިނިވަން އިސްތިގުލާލާ މިނިވަން ކަމަށް ބުރޫއަރާފަދަ ސިއްރު އެއްބަސްވުންތަކެއް ގާއިމްކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭތީއާއި ރާއްޖޭގެ ދާޚިލީ ކަންކަމުގައި އިންޑިއާއިން ގޮތް ކިޔާކަމަށް ބުނެ އާންމުންގެ ގިނަ ބައަކުވެސް އަންނަނީ ސަރުކާރަށް ފަޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާފަދަ އެއްބަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފައިނުވާނެ ކަމުގެ ޔަގީން ކަން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބިރުބޮޑު

16-Jul-2021

ޗައިނާ ސައޫދީ ކުވޭތު ޔޫއޭއީ މިހެންގޮސް އެމެރިކާ ޖަޕާން ޕާކިސްތާން ފަދަ ގައުމުތަކުންވެސް މިދިވެހިރާއްޖެއަށް ހިލޭ އެހީތަކާއި ލޯނު ދޫކުރަމުންދޭ އެކަމަކު އެޤައުމުތަކުގެ ސިފައިން އެތަންތަންބަލަން ސިފައިންނެއް މިރާއްޖެއަކު ނުބައިތިއްބާ ވީމާ އިންޑިއާސިފައިން މިޤައުމަކު ތިބޭކަށްނުޖެހޭ ވަރަށްސާފް އިނގޭތޯ



ޓްރެންޑިން