އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި އިދިކޮޅު ލީޑަރު ރައީސް އަބުދުﷲ ޔާމިނާއި ސިޔާސީ ގޮތުން ގުޅިވަޑައިގެންފިނަމަ ސިޔާސީ ލީޑަރުންނަށް ރައްޔިތުން ކުރާނެ އިތުބާރެއް ނޯންނާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތްކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯދުމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެމްޑީޕީއަކީ ރައީސް ނަޝީދު ގަބޫލުކުރައްވާ ރަނގަޅު ސިޔާސަތުތަކަކާއެކު އުފެއްދި ޕާޓީއެއް ކަމަށާއި، އެމަނިކުފާނަށް ސިޔާސީ ގޮތުން ކުރިއެރުން ލިބިވަޑަައިގެންފައިވަނީ އެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެގޮތުން އެމްޑީޕީއަކީ ސަރުކާރުތަށް ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވައި ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް ރައީސް ނަޝީދު އުފެއްދި ޕާޓީއެއް ކަމަށާއި، އެމަނިކުފާނުގެ އެ މަސައްކަތް ހުއްޓާލާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ނަޝީދުގެ އެ ސިޔާސަތުތަށް ރަނގަޅު ނިޔަތެއްގައި އެހެން ދިމާލަކަށް އަބުރާލާނެ ކަމަކަށް. މީގައި ދެން ވަރަށް މަކަރުވެރި ގޮތްތައް ވެސް ސިޔާސީ ބޭފުޅުން އެބަ ގެންގުޅުއްވާ. އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ތަކުރާރުކޮށް ދަންނަވަންޖެހޭނީ އަޅުގަނޑުމެންގެ ސިޔާސަތާއި އެމްޑީޕީގެ ސިޔާސަތާއި ތަފާތޭ. ރައީސް ނަޝީދާއި ރައީސް ޔާމިންގެ ސިޔާސަތު ތަފާތު ވަރަށް ތަފާތު." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރައީސް، މުހަންމަދު ނަޝީދާއި ރައީސް އަބުދު ﷲ ޔާމިން ގުޅިވަޑައިގެންފިނަމަ ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރެެއް ނޯއްނާނެ ކަމަށެވެ. އަދި ރައީސް ޔާމިނާއި ރައީސް ނަޝީދާއެކު އެއްވެސް ސިޔާސީ މަޝްވަރާއެއް ނުހިގާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު މި ދެބޭފުޅުން (ރައީސް ނަޝީދާއި ރައީސް ޔާމިން) އެކައްޗެއް ކިޔައިފިއްޔާ ދެން ރައްޔިތުން ސިޔާސީ ލީޑަރުންނަށް ކުރާނެ އިތުބާރެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މި ސިޔާސަތުތައް މަސްހުނި ގަނޑެއްހެން ހަދައިފިކަމަށް ވައްޏާ ދިވެހި ރައްޔިތުން ދެން އިތުބާރެއް ނުކުރާނެ." ޝިޔާމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ސޯލިހަކީ ސިޔާސީ ފިކުރެއް ނޫން ކަމަށާއި އެއީ ރައީސް ނަޝީދުގެ ފިކުރުގެ ތެރެއިން ހުންނެވި ބޭފުޅެއް ކަމަށެވެ. ޖުމުހޫރީ ޕާޓީއަކީ ވަކި ފިކުރެއް ސިޔާސަތުތަކެއް ނޫން ކަމަށާއި އެޕާޓީ އޮތީ އެމްޑީޕީގެ ނާގާބިލް ސިޔާސަތުގެ ތެރޭގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައްޔިތުން އިޚުތިޔާރު ކުރަނީ ޕާޓީގެ ފިކުރާއި ސިޔާސަތުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން