ގަން އިންޓަރނެޝަަނަލް އެއަރޕޯޓް
ގަން އިންޓަރނެޝަަނަލް އެއަރޕޯޓް
ގަން އިންޓަރނެޝަނަލް އެއަރޕޯޓު ޕްރޮޖެކްޓު ހިންގުމާއި އިންޑިއާ ހަވާލުވެފައިވާތީ، އެ ޕްރޮޖެކްޓް ހިންގާ ބައެއްގެ ހައިސިއްޔަތުން އިންޑިއާއަށް އައްޑޫ އެއާޕޯޓުގެ ތަސައްވުރު ހާމަ ކުރެވޭނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނުގެ އެހީގައި ތަރައްޤީ ކުރާ ގަން އިންޓަރނެޝަނަލް އެއަރޕޯޓް ވެގެންދާނީ ސަރަހައްދީ ހަބަކަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީހުން ބުނުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ރާއްޖޭގެ އެންމެ އާދައިގެ ކަންކަމުގެ ތެރެއަށް ވެސް އިންޑިއާ ވަންނަ ކަމަށް ބުނެ ފާޑުކިޔާފައެވެ.

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އައްޑޫ އެއާޕޯޓް ޕްރޮޖެކްޓް ހިންގާ ފަރާތުން އެކަން ކުރަމުންދާނީ ފީސިބިލިޓީއަށް ބެލުމަށްފަހު ކަމަށާއި ޕްރޮޖެކްޓް ހިންގާ ބައެއްގެ ހައިސިއްޔަތުން ޕްރޮޖެކްޓާ ދޭތެރޭގައި ތަސައްވުރު ހާމަ ކުރެވޭނެ ކަމަށެވެ. އަަދި ސަރަހައްދީ ހަބެކޭ މާނަ ކުރެވެނީ ފަތުރުވެރިކަން އިތުރުވެ، ވިޔަފާރިއާއި އިޤްތިސާދު ފުޅާވެގެން ދިޔުމަށް ކަމަށް ވިދާޅުވެ މަބްރޫކް ވަނީ އިންޑިއާ ސަފީރުގެ އޮފީހުން ބުނި ވާހަކަތައް ތަރުޖަމާ ކޮށްދެއްވާފައެވެ.

ގަން އިނަޓަރނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 17 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. މި މަޝްރޫއުއަށް ޚަރަދު ކުރަނީ އިންޑިއާއިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މި މަޝްރޫއުގެ ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ޓާމިނަލް އަޕްގްރޭޑްކުރުމާއި، ޑޮމެސްޓިކް ޓާމިނަލް، އެކްސެސް ރޯޑް ހެދުމާއި ސަޕޯޓް އިންފްރާސްޓްރަކްޗަރ ހެދުން ހިމެނެއެވެ. އަދި މި މަޝްރޫއާއެކު ރާއްޖޭގެ ދެކުނަށް ދަތުރު ކުރާނެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން