ރޭޕާ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގެ އިސްތިއުނާފު، ހައިކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ހައިކޯޓުން މިއަދު އަލީ ވަހީދުގެ މައްސަލަ ބޭރުކޮށްލާފައިވާއިރު މިދިޔަ އަންގާރަ ދުވަހު އެމައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވާފައެެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ސުވާލު ކުރައްވައި ޕީޖީގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

މައްސަލާގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ވަނީ އަލީ ވަހީދު ބަންދުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެގެން ނަމަވެސް، މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ.

ހައިކޯޓުން ބުނީ އަލީ ވަހީދުގެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށް ކަނޑައަޅައި މައްސަލާގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ. އެ ނިންމުމުގެ ތަފްސީލެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެެ. މި މައްސަލާގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ވަނީ އަލީ ވަހީދު ބަންދުކުރުމުގެ އަމުރެއް ހައިކޯޓުން ނެރެގެން ނަމަވެސް، މައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދިފައެވެ.

އެ އަޑުއެހުމުގައި ހައިކޯޓުގައި އެ މައްސަލަ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެތޯ ނުވަތަ އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ޕީޖީގެ ވަކީލު ވިދާޅުވީ އޭނާއަށް ޖަވާބުދާރީނުވެވޭ ގޮތަކަށް އަޑުއެހުންތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި، ރާއްޖެއިން ބޭރުގައި ހުރެގެން އަޑުއެހުންތަކުގައި ދައުވާ ލިބޭ ފަރާތަކުން ބައިވެރިވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

މި މައްސަލައިގައި ހައިކޯޓުން އަމަލު ކުރާނެ ގޮތެއް ގާނޫނުތަކުގެ އަލީގައި ބުނެދިނުމަށް ފަނޑިޔާރުން އެދިވަޑައިގެންނެވުމުން ޕީޖީގެ ވަކީލު ވިދާޅުވީ، މީހުން ޝަރީއަތަށް ހާޒިރުކުރުމަކީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމަށާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް އެބަހުރި ކަމަށެވެ. އެންމެ ފުރަތަމަ ޗިޓް ފޮނުވައިގެން ހާޒިރު ކުރަން މަސައްކަތް ކުރެވިދާނެ ކަމަށާއި، އެގޮތުން ހާޒިރު ނުވެއްޖެނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެމީހަކު ބަންދުކޮށްގެން ހާޒިރުވާން އެންގުން ކަމަށް ވަކީލު ވިދާޅުވިއެވެ. މި މައްސަލާގައި އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ހައިކޯޓަށް ނެރެވިދާނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދެން އޮތް ގޮތަކީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުން ކަމަށާއި ނަމަވެސް، އެފަދަ އަމުރެއް ވެސް ކުރިމިނަލް ކޯޓުން ނުލިބުނުކަމަށް ވަކީލް ވިދާޅުވިއެވެެ.

ޖިންސީ ގޯނާކުރުމުގެ ގިނަ ދައުވާ ތަކެއް އުފުލާފައިވާ އަލީ ވަހީދު މިވަގުތު ހުރީ ބޭސްފަރުވާއަށް ކަމަށް ބުނެ ފިލައިގެން ގޮސް އިނގިރޭސި ވިލާތުގައެވެ. އިނގިރޭސި ވިލާތުގައި އޭނާ ހުރިކަން މިހާރު ސަރުކާރަށް ވެސް އެނގެއެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ އެހީގައި ކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި ވެސް ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން