ކޯވިޑް ފެތުރޭތީ ނައިފަރުގައި އިއުލާންކޮށްފައި އޮތް މޮނިޓަރިންގ ހާލަތު ނުވަތަ ރަށަރަށް އަރާފޭބުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަސް ރަށް އަލުން ހުޅުވާލައިފިއެވެ.

ކޯވިޑް ފެތުރުން އިތުރުވެގެން ނައިފަރު މޮނިޓަރިންގއަށް ލާފައިވަނީ މިދިޔަ މާޗުމަހުގެ 23 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން ބުނީ ނައިފަރުގެ މޮނީޓަރިންގެ ހާލަތު އުވާލައި، މިއަދު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރު އާންމު ހާލަތަށް ގެނައުމުގެ ކުރިން 250 ސާމްޕަލް ނެގިއެވެ. އަދި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔަ މާޗުމަހު ނައިފަރު މޮނީޓަރިންގެ ހާލަތަށް ގެނައީ ރ. އުނގޫފާރުން އެރަށަށް ދަތުރުކުރި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނައިފަރު އާންމު ހާލަތަށް މިއަދު ގެނައި އިރު، އެރަށުން ޖުމްލަ 921 މީހަކު ޕޮޒިޓިވްވިއެވެ. އަދި 4 މީހަކު މަރުވިއެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކުން އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވި ރަށެވެ. ނަމަވެސް ނައިފަރުގައި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ އެންމެ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން