-ކިނެރެޓް
-ކިނެރެޓް
ރިއުމަޓޮއިޑް އާތްރައިޓިސް ފަރުވާކުރުމަށް ބޭނުންކުރާ ބޭހަކުން ކޯވިޑް-19 ބަލިމީހުންގެ ފުއްޕާމެއަށް ފަރުވާކުރެވޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ކަން ހާމަކޮށްފައިވަނީ ލާންސެޓް ރިއުމަޓޮލޮޖީ ޖާނަލުގައި ބުރާސްފަތި ދުވަހު ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ބުނާ ގޮތުން މިކަން ހާމަވެފައިވަނީ 29 ބަލިމީހުން ހިމަނައިގެން ހަދާފައިވާ ކުޑަ ދިރާސާއަކުންނެވެ. ސްވީޑިޝް އޯރފަން ބަޔޯވިޓްރަމް އޭބީ ކުންފުނިން އުފައްދާފައިވާ ކިނެރެޓް ނުވަތަ "އަނަކިންރާ" ބޭހުން ކޯވިޑް-19ގެ ބަލިމީހުން ބަލިން ރަނގަޅުވުމުގެ ފުރުސަތު 90 އިންސައްތަ އިތުރުކޮށްދީ ފުއްޕާމޭގެ އަލާމާތްތަކަށް ލުޔެއް ލިއްބައިދޭކަމަށް ވަނީ ހާމަވެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ހަށިގަނޑަށް ކުރާ އެންމެ ނުރައްކާތެރި އެއް އަސަރަކީ އިންފްލެމޭޝަންގެ އަސަރެވެ. އެއީ ހަށިގަނޑު ބަލިތަކުން ރައްކާތެރިކުރުމަށް ހަށިގަނޑުން އަޅާ ފިޔަވަޅެއް ނަމަވެސް ވައިރަސްގެ ސަބަބުން އެ ފިޔަވަޅު ހަށިގަނޑާ ދެކޮޅަށް މަސައްކަތްކޮށް "ސައިޓޯކިން ސްޓޯރމް" އެއްގެ ތެރެއަށް މީހާވައްޓާލައެވެ. މި ބޭހުގެ ސަބަބުން ގުނަވަންތަކަށް އިންފްލެމޭޝަންގެ އަސަރު މާބޮޑަށް ކޮށްފައިވާ ފަރާތްތަކަށް ފަރުވާކުރުމުގައި ލުއި ތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވޭކަމުގައި ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

އިޓަލީގެ މިލާންގައި ހުންނަ ސޭން ރަފައޭލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ގިއުލިއޯ ކަވާލީ އިސްވެ ހުރެ ހެދި މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 3 ހަފްތާގެ މުއްދަތަށެވެ. އަދި އަނަކިންރާ ދީފައިވާ ފަރާތްތަކާއި، އެ ބޭސް ނުދޭ 16 ބަލިމީހުންނާއި އަޅައިކިޔާ ކޮށްފައިވާ މި ދިރާސާއިން ފެނުނު ގޮތުގައި އަނަކިންރާ ބޭސް ދިން މީހުންގެ ފަރާތުން ސައިޓޯކިން ސްޓޯމް އެއްގެ އަސަރު ފެނުނު މިންވަރު 72 އިންސައްތަ ދަށެވެ.

އެގޮތުން، ބޭސްވެރިން މިހާރު ގެންދަނީ ކޮރޯނާވައިރަހަށް ހާއްސަ ބޭހެއް އުފެއްދުމުގެ ބަދަލުގައި، އިންފްލެމޭޝަނުން ހަށިގަނޑު ސަލާމަތްކުރުމަށް ހާއްސަ، ރޯޗް ހޯލްޑިން އޭޖީ އިން އުފައްދާ ފައިވާ "އެކްޓެމްރާ" އާއި، ސަނޯފީ އެންޑް ރީޖެނެރޮން ފާމަސިއުޓިކަލްސް އިންކް އިން އުފައްދާފައިވާ "ކެވްޒާރާ" ފަދަ ބޭސްތައް ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން