ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އާސްކް ސްޕީކާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާ ނިންމާނީ ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީން ކަމަށެވެ. އެ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބުގައި އެ އަހަރު އޮންނަ ނަމަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"2023 ގައި ރިޔާސީ އިންތިޚާބު އޮންނަނަމަ، އެމްޑީޕީގެ ކެންޑިޑޭޓަކަށް ވާނީ އަޅުގަނޑު." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވިވެ ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.

"އެމްޑީޕީން ނިންމާ ނިންމުންތަކުގެ ފަހަތަށް އެމްޑީޕީގެ ހުރިހާ މެމްބަރުން އަރާނެ. ރައީސް ޞާލިހުވެސް އަރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީއަށް އެބަދަލު ގެނެވޭނެ. އަޅުގަނޑު ދެކޭގޮތުގައި ޕީޕީއެމުންވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާނެ." މަޖިލީހުގެ ރައީސް ވިދާޅުވިއެވެެ.

އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް އެދިވަޑައި ނުގަންނަވާ ކަމަށާއި ރައީސް ޔާމީނަށް އިންތިޚާބުތަކުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ގަބޫލުފުޅުކުރަށްވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމަކު ރާއްޖެއަކު ދެން ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީން ކޮންމެ ކެންޑިޑޭޓެއް ނުކުތަސް، އެ ކެނޑިޑޭޓަކަށް ތާއީދުކުރަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ޞާލިހަށް މިވަގުތުވެސް އެންމެ އިހުލާސްތެރި މީހަކީ އަޅުގަނޑު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންވެސް ދެން މަސައްކަތްކުރައްވާނީ އެމަނިކުފަނާއެކު ބަރުލަމާނީ ނިޒާމް ގެންނަންކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


16

އިރުފާނު

09-Jul-2021

ކަލޭ ބުއްދި ހަމަޖެހޭތަ. މީނަގެ ބުއްދީގެ ޓެސްޓެއް ހެދުމައް ގޮވާލަން


-5

ޓިން އުސްތާޒު

09-Jul-2021

ނަޝީދު މޮޔަވާން އުޅެނީ, ކޮން ބަރުލަމާނީ އެއްގެ ވާހަކަ, އިންތިޚާބެއް ބާއްވާގެން ދުވަހަކުވެސް ދެން ރައްޔިތުން ވެރިކަން ނުދޭނެ, ހަގުރާމައެއްގެ މިޔަމަތި ކަމަށް ރާއްޖެ ނުހަދާ,



ޓްރެންޑިން