ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް މުއްދަތު އިތުރުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުން ބުނާގޮތުން 15 އަހަރުގެ ކުއްޖަކު ލައްވާ ހަށިވިއްކުވައިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ވެސް ވަނީ އިތުރުކޮށްފައެވެ. އޭގެ ތެރެއިން އަޝްމަލީގެ ބަންދަށް 14 ދުވަސް ޖަހައިދީފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން އެ މީހުނާއެކު މިމައްސަލައާއި ގުޅުންހުރި 32 މީހަކު ވެސް ރޭޕްގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުުހުން ބުނެ އެވެ. އަދި މިކަމުގައި ބައިވެރިވި އިތުރު 12 މީހަކު ފާހަގަވެފައިވާ ކަމަށް ލަންކާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެެ.

ލަންކާ ފުލުހުން ބުނާގޮތުގައި އަޝްމަލީއާއެކު ހައްޔަރުކުރި ލަންކާގެ ތިން މީހުންނަކީ ކުޑަކުއްޖާ ލައްވައި ހަށިވިއްކުވި ހޮޓަލުގެ ވެރިންނެވެ. މި މައްސަލައިގައި ލަންކާގެ ވެބްސައިޓެއްގައި މިކަން އިޝްތިހާރު ކުރަން އުޅުނު ދެ މީހަކު ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފައިވެއެވެ.

ކުއްޖާ ލައްވާ އެމީހުން ހަށިވިއްކުވާތާ މިހާރު ތިންމަސް ވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެ އެެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން އެތައް އަނިޔާއެއް ލިބިފައިވާ ކަމަށާއި އެކުއްޖާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ލަންކާ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސްރީލަންކާގާއި ދިވެހިންގެ 16،000 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި އެކި ބޭނުންތަކުގައި ގިނަ އަދަދެއްގެ ދިވެހީން އެގައުމަށް ޒިޔާރްތަކޮށް އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން