ރާއްޖޭގެ ސިޔާސީ ޕާޓީތަކުން އެމްބަސީތަކަށް ގޮސް ޝަކުވާކުރުން ޖިނާއީ ކުށަކަށް ހަދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު މިހެން ވިދާޅުވީ ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކަށް ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވަޑައިގެން ދާޚިލީ ކަންކަމުގެ ޝަކުވާ އުފުލަމުންގެންދާތީ އެކަމަށް އިޝާރަތް ކުރައްވަައި ކުރައްވަމުންނެވެ. ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ‏ރާއްޖޭގެ ދާޚިލީ ކަންކަމުގެ ޝަކުވާ ހިފައިގެން ޕާޓީތަކުގެ އިސް ފަރާތްތަކުން ކޯޓު ފަޓުލޫނުގައި އެމްބަސީތަކަށް ވަޑައިގެން ކުރާކަންތަކާއި ދައްކާ ވާހަކަތައް މަނާކޮށް ހުއްޓުވަން ޖެހޭ ކަމަށެވެ.





"ޤާނޫނަށް އިސްލާޙު ގެނެސް ޖިނާޢީ ކުށަކަށް ހަދަންވެއްޖެ ކަމެއްމީ." ހައްދުންމަތީ މެމްބަރު ކަންވެސް ކުރެއްވި މޫސަ ވިދާޅުވިއެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވާއިރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިން މިނިވަން ކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން އިންޑިޔާ އެމްބަސީގައި މިފަހުންވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ޝަކުވާ އުފުލައި ސަރުކާރަށް ޕްރެޝަރު ކުރުމަށް އެމްބަސީތަކުގެ ބޭނުން އަބަދުވެސް ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެެ. އެގޮތުން އެމްޑީޕީން އިދިކޮޅުގައި ތިބި އިރުވެސް އިންޑިއާ ސަފީރު އަރިހަށް ގޮސް ޝަކުވާ އުފުލައި ރާއްޖޭގެ ދާޚިލީ ކަންކަމުގައި މަޝްވަރާކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން