ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންޖެހުމަކީ ދީނީގޮތުން މުހިންމު ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ‏ގައިން ގަޔަށް އަރާ ބަލިމަޑުކަމުގެ ވަބާއަކުން ރައްކާތެރިވުމަށްޓަކައި ވެކްސިންޖެހުމަކީ ދީނީ ނަޒަރުން ބަލާއިރު މުހިންމުކަމެއް ކަމަށެވެ. އަދި ފުރާނަ ސަލާމަތްކުރުމަކީ ޝަރުޢުގެ މަޤުޞަދެއް ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.



"ފުރާނަ ސަލާމަތްކުރުމަކީ ޝަރުޢުގެ މަޤުޞަދެއް. ފުރާނަ ޙިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަކީ ލާޒިމުކަމެއް." އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަންވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ހަލުވި ކަމާއެކު ފެތެރުމުންދާ ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން ގެންދިޔަ ވެކްސިން ސްޓޮކް މަދުވުމާ ގުޅިގެން މިދިޔަ މެއިމަހުން ފެށިގެން ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައި އޮތުމަށްފަހު އެޕޮއިންޓްމަންޓް އުސޫލުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެެވެ. ކޮވިޑު ބަލިން ދިފާއުވެ ވެކްސިންގެ ފުރިހަމަ ފައިދާ ލިބެނީ ދެ ޑޯޒް ފުރިހަމަކޮށްގެންނެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ތިބި މީހުންނަށް ކޮވިޑު ބަލި ޖެހުނު ނަމަވެސް ހާލު ސީރިއަސްވާ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ. އަދި އޭގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާޖެހޭ ނިސްބަތް ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

ރާއްޖޭގައި ކޯވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ކެމްޕޭނުގައި ބައިވެރިވެ ވެކްސިން ޖެހުމަށް ބައެއް ފަރާތްތަކުން ދެކޮޅުހަދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސަޢީދު

09-Jul-2021

ދެން ވަގުންދުވަންފަށާނެ ވެކުސިންޖަހަން



ޓްރެންޑިން