ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

ޕީޖީން ހުށަހެޅި މައްސަލަ ހައިކޯޓުން ބަަލައިގަނެފައިވާއިރު، މާދަމާ މެންދުރުފަހު 3:15 އަށް ވަނީ މިމައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައެވެ. އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދިއުމާއި ދެކޮޅަށް ޕީޖީން ހައިކޯޓަށް ދިޔައީ، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަމެއް ނޫން ކަމަށް ބުނެއެވެ.

މިމައްސަލައިގައި އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ނިންމީ، މައްސަލައިގެ އަޑުއެހުންތައް ފެށި ފަހުން އަލީ ވަހީދު ރާއްޖެއިން ބޭރަށް ދިއުމުންނެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުންނެވެ. އެމައްސަލަވެސް ޕީޖީން އިސްތިއުނާފްކުރިއެވެ. ނަމަވެސް އަލީ ވަހީދު ރާއްޖޭގައި ނެތުމުން އެމައްސަލަވެސް ކުރިއައަކަށް ނުދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

އަބުދުލް.ހަންނާނު.އާދަމް

09-Jul-2021

ތިޔަޝަރީއަށް.ރާމާމަކުނުބޯކިބާބަހާދިންގޮތައް



ޓްރެންޑިން