ދ. ހުޅުދެލީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.

މިމަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނީ ދ. ހުޅުދެލީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައިވާކަމަށެވެ.



އެމްޓީސީސީން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން 49,612 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން އަދި މަގު ބައްތި ހަރުކުރުމާއި، 1,645 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން