ރައްޔިތުންގެ މަޖިލީހުގައި ޤާނޫނުލްއުޤޫބާތު އިސްލާހުކުރުމަށްކަމަށް ބުނެ ކުރަމުންދަނީ "ޝައިތާނީ" ބިލެއްގެ މަސައްކަތްކަމަށާއި، އެ ބިލާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލުމަށް މަޝްހޫރު އިލްމުވެރިޔާ ޑރ. އަހުމަދު އިޔާޒު އިލްތިމާސްކުރައްވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަޤާމުން ދާދިފަހުން ވަކިކޮށްފައިވާ ޑރ. އިޔާޒު ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ޝައިތާނީ ބިލާއި ދެކޮޅަށް ރައްޔިތުން ކުރަމުންގެންދާ މަސައްކަތް ފަނޑުވިޔަ ނުދީ، ހިފެހެއްޓުމަށް އިލްތިމާސްކުރަށްވާފައެވެ. އަދި ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު ނިސްބަތްވާ ދާއިރާގެ މެމްބަރަށް އެކަމުގައި ދަންނަވަން އިޔާޒު ގޮވާލެއްވިއެވެ.



ލާދީނީ ގޮވުން ހުއްޓުވާ ބިލާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޑު އުފުލަމުންދާއިރު އެ ބިލު އަނބުރާ ގެންދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ސަރުކާރާއި މަޖިލީހުގެ އަމަލުތަކުން ހާމަވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެކަމާއި ދެކޮޅަށް އަޑު އުފުލާ ފަރާތްތަކާއި ދެކޮޅަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފިއްތުންތައް ކުރިމަތިކުރުވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިގޮތުން ޑރ. އިޔާޒާ މެދު ގައުމީ ޔުނިވަރސިޓީން އެޅި ފިޔަވަޅަކީ އެފަދަ ފިޔަވަޅެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އާންމު ތަނެއް މުސްލިމަކަށް ނިސްބަތްކޮށް ކާފަރެއް ކަމަށް ނުވަތަ ލާދީނީ މީހެއްކަމަށް ބުނުމާ ސިފަކުރުމާއި އެފަދަ އަމަލެއް ހިންގުމުގައި ބައިވެރިވުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގެ މަސައްކަތް ކޮމިޓީން މިހާރުވަނީ ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު