މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް މެދުން ބިންދައިގެން ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ 25 މީހުންނާއެކު މަސްވެރިކަން ކުރަމުންދިޔަ "މޮހިރާ" ނަމަކަށް ކިޔާ ފައިބަރު ދޯންޏެއް މެދުން ބިންދައިގެން ގޮސްގެން އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:11 ހާއިރުކަމަށެވެ. އަދި އެ ދޯނި މެދުން ބިންދައިގެން ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ގއ. ދެއްވަދޫގެ އުތުރުން 8.95 ނޯޓިކަލް ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



އެމްއެންޑީއެފުން ބުނީ މިހާދިސާގައި ދޯނީގައި ހުރި މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެެވެ. އަދި މިހާރު އެ ސަރަޙައްދުގައި އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިއަދު ނުރައްކާތެރި ކަނޑުމަތީގެ ހާދިސާއެއް ހިނގާފައިވާއިރު އުތުރާއި މެދު ރާއްޖެތެރޭގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު