ކޮވިޑް ޓެސްޓު ކުރަން ސާމްޕަލް ނެގުން.
ކޮވިޑް ޓެސްޓު ކުރަން ސާމްޕަލް ނެގުން.
ކޮވިޑްޖެހި ރަނގަޅުވާ މީހުންނަށް ލުއިދިން ނަމަވެސް އެނިންމުން ބަދަލުވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެޗްޕީއޭއިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވަނީ ކޮވިޑް ބަލިޖެހި، ރަނގަޅުވެފައިވާ މީހުން 60 ދުވަސް ތެރޭގައި ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސް ވެކްސިން ދެ ޑޯޒް ޖެހިމީހުންނަށް ލުއި ނުދޭން ނިންމުމާއި ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން މިއަދު އާންމުކުރި އުސޫލުގައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19އަށް ޕޮޒިޓުވްވެ ބަލިން ރަނގަޅުވެފައިވާ މީހުން، އިސްތިސްނާވާނެ ކަންކަން ބަޔާންކުރާ އެ އުސޫލަކީ ކޮވިޑް-19އާ ގުޅޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން، ބަލިޖެހުމަށްފަހު އަލުން ބަލިޖެހުން ނުވަތަ ރީއިންފެކްޝަނާއި ގުޅޭގޮތުން ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ކޮވިޑް-19އާއި ގުޅޭގޮތުން ހޯދޭ ސައެންޓިފިކް ހޯދުންތަކުގެ އަލީގައި އުސޫލުގައި ބަޔާންކޮށްފައިވާ އިސްތިސްނާތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޕީއޭއިން އާންމުކުރި އުސޫލުގަައި ބުނެފައިވެއެެވެ.

އެ އުސޫލުގެ ތެރެއިން ކަރަންޓީނުކުރުމާއި ސާމްޕަލް ނެގުމުގައި ކޮވިޑް-19އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުން ވަނީ އިސްތިސްނާކޮށްފައެވެެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކްޕާމިޓް އޮންނަ މީހުން މިއިސްތިސްނާގައި ނުހިމެނޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

ސާމްޕަލް ނެގި ތާރީހުން ފެށިގެން ބަލިން ރަނގަޅުވެފައިވާ، 60 ދުވަސް ހަމަނުވާ، ބަލީގެ އެއްވެސް އަލާމާތެއް ނެތް، މީހުން ސާމްޕަލް ނަގާ ޓެސްޓުކުރުމުން އިސްތިސްނާވާނެ ގޮތްތަކެއް އެޗްޕީއޭއިން ނެރުނު އުސޫލުގައި ވަނީ ހިމަނާފައެވެ.



ކިޔުންތެރިންގެ ހިޔާލު