ޖަމިއްޔަތުލް ސަލަފުގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޖަމިއްޔަތުލް ސަލަފުގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސަލަފު ޖަމިއްޔާ އުވާލަންޖެހޭ ކަމަށް ވިދޭޅުވެ ޝައިހް ހުސެއިން ރަޝީދު ސަލަފް ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

"ރަސްއޮންލައިން" އާއި ވާހަކަ ދައްކަވަމުން ޝައިހް ހުސެއިން ރަޝީދު އަހުމަދު ވިދާޅުވީ، ސަލަފު ޖަމިއްޔާއިން ސަރުކާރާއި ދެކޮޅަށް މަޖިލީހާއި މުވައްސަސާތައް ކުށްވެރިކޮށް ނޫސްބަޔާންތައް ނެރެމުންދާކަމަށާއި، އެއީ ޖަމިއްޔާތަކުގެ ގާނޫނާއި ޚިލާފު ކަމެއް ކަމަށެވެ. އެހެންކަމުން ސަލަފު ޖަމިއްޔާ އުވާލާންޖެހޭ ކަމަށް ޝައިހް ހުސެއިން ރަޝީދު ވިދާޅުވިއެެވެ. އަދި ސަލަފު ޖަމިއްޔާ "ސިޔާސީ" ވާން އުޅޭނަމަ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޝައިހް ހުސެއިން ރަޝީދު ވަނީ ގޮވާލައްވާފައެެވެ.

" ރައްޔިތުންނަށް އޮޅުވާލަން ދީނޭ ކިޔައިގެން ސިޔާސީ ކުޅިވަރު ކުޅެނީ." ހުސެއިން ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސަލަފު ޖަމިއްޔާއަށް ނިސްބަތް ކުރައްވައި ޝައިހް ހުސެއިން ރަޝީދު ވިދާޅުވީ، އަސްލު ލާދީނީ މީހުންނަކީ އެމީހުން ކަމަށެވެ. އަދި އިސްލާމްދީނަށް އާގޮތްތަކެއް ވައްދައިގެން ހަރުކަށި ފިކުރުގެ ދަށުން ދީނުގެ ތަސައްވަރު އެ ޖަމިއްޔާއިން ދައްކަމުން ގެންދާކަމަށްވެސް ޝައިހް ހުސެއިން ރަޝީދު ތުހުމަތު ކުރެއްވިއެވެ.

ހުސެއިން ރަޝީދު މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ލާދީނީ ގޮވުން ހުއްޓުވާ ބިލާއި ދެކޮޅަށް އެންމެ ގިނައިން ވާހަަކަ ދައްކާ ފަރާތްތަކަކީ ސަލަފު ޖަމިއްޔާގެ އިސްބޭފުޅުންކަން ފާހަގަކޮށްލެވެއެވެ. ޖަމިއްޔަތުއްސަލަފްގެ އިސް ބޭފުޅެއް ކަމުގައިވާ ޝައިހް މުޖުތަބާ ހަމީދު ކުރެއްވި ޓްވީޓަކާއި ގުޅިގެން އިއްޔެ އޭނާ ވަނީ ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށްފައެވެެ. ސަލަފު ޖަމިއްޔާއިން ވަނީ އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް ބުނެ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެެވެ.

ސަލަފު ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީން ކުރިއެރުވުމަށް އެކިއެކި ހަރަކާތްތައް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.



ކިޔުންތެރިންގެ ހިޔާލު