ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށް ވިދާޅުވެ އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް އާ ވާހަކަ ތަކެއް ފެންމަތިކުރައްވައިފިއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި ސިޓީއެއްގައި އީސަގެ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމް (އަސޫ) ވިދާޅުވީ އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅުއްވައި ބަޔާން ދެއްވީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ. އީސައާ ދެކޮޅަށް ގެވެށިއަނިޔާގެ މައްސަލައެއް ހުށަހެޅީ ހިލޭ އަންހެނަކާ ގާތް ގުޅުމެއް ބާއްވާކަމަށް ތުހުމަތުކުރެވިގެން އެކަމާ މެދު އުފެދުނު ދެބަސްވުމެއްގައި ކަމަށް އަސްރާ ވިދާޅުވިއެވެ. އަސޫ ވިދާޅުވީ މައްސަލަ ހުށައަޅައި ފުރަތަމަ ދެއްވީ ސައްހަ ބަޔާނެއްވެސް ނޫން ކަމަށެވެ. އަސްރާގެ ސިޓީގައި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް އަސޫ ވިދާޅުވިއެވެ.

އޭނާއާއި ދަރިފުޅަށް، އީސަ ގެވެށި އަނިޔާކުރި ކަމަށް ވިދާޅުވެ ބަޔާން ދެއްވުމަށް ފަހު، އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ފުލުސް އޮފީހުގައި އެދިވަޑައިގެންފައެވެ. އޭނާ އެގޮތަށް އެދިވަޑައިގަތް ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރުން ހުއްޓާނުލައެވެ. އަދި ފުލުހުން ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައެވެ. ޕީޖީ މިހާރު ވަނީ އެމައްސަލައިގައި އީސާގެ މައްޗަށް ދައުވާކުރުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.

އީސަގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތެއް އަންނަ ހޯމަ ދުވަހަށް މިހާރު ވަނީ ތާވަލުވެސް ކޮށްފައެވެ. އީސަގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާ އެއް ކުރުމުގެ ދައުވާއެވެ. ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އީސަ ވަނީ އޭނާ މުގަައްރިރުކަން ކުރެއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މަގާމުތަކަކުންވެސް އޭނާ މިހާރު ވަނީ އެކަހެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޏޮން

22-Jun-2021

ގާސިމު އަކީ އަންހެނުންގެ ކަންކަމުގެ ބޮޑު ތަޖުރިބާ ކާރެއް އޭނަބުނީ ހަމަތެދު.


-2

ރަމްޒީ

22-Jun-2021

އަންހެނުންގެ ހައްޤުތައް ނާޖާއިޒް ގޮތުގައި ބޭނުން ހިފުން ހުއްޓާލާ


-15

އިދުރީސް

22-Jun-2021

މިވަރު މީހުން ނުވާނެ ދޯ ސަރުކާރު ކުންފުނިތަކުގެ ބޮޑެތި މަގާމުތަކުގަ ބައިތިއްބަންވެސް


6

ނ

22-Jun-2021

މިބައެއްގެ އަމިއްލަމައްސަލަތަކެއްގެތެރެއަށް ޖަޒުބާތެއްގެ ޖެހިގެން ގައުމެއް އެލާޓްވާންޖެހޭތަ ؟ ތިމަންޖެއާގުޅުންބޭއްވިއަސް ވާނީ ހިލޭއަންހެނަކާ ގުޅުންބޭއްވިކަމަށް ކައިވެނިނުކޮއްތިބޭއިރު . އަތާފައިއަބުރާލިއަސް އެވާނީގެވެހިއަނިޔާއަށް . ތިބައެއްގެ އަމިއްލަ މައްސަލައަމިއްލައަށް ހައްލުކޮއްބަލަ އެއްފަހަރު ބަޔާންދީފަ ޖަޒުބާތުގަ އަނެއްފަހަރު ދޮގެއްހެދިފަ .


5

ޢަލީ މޫސާ

22-Jun-2021

މިހާރު ތިއުޅެނީ އީސަގެ އަށް ހުކުމެއް އަތުވެދާނެކަން އެގިގެން އެކަން ފޮރުވާ މަތިއަޅަންވެގެން އެހެން ވާހަކަ އެއް ނެރެގެން ކޮންމެ ވާހަކައެއް ދެއްކިޔަސް މައްސަލަ ބަލާ ތަހުގީގު ކުރާނެ..


1

ޏަޒޫ

22-Jun-2021

ސޯ ޝީ ޝުޑް ބީ ޗާޖްޑް



ޓްރެންޑިން