"އިންޑިޔާ ބޭރުކުރޭ" ގޮވުމަކީ އިސްލާމްދީނާއި ބީރައްޓެހި ލާދީނީ ހަރާކާތެއް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހަލީމް ވިދާޅުވީ، ‏'އިންޑިޔާ ބޭރުކުރޭ' އަކީ އިސްލާމްދީނާ ސީދާބީރައްޓެހި (ހަރުކަށި ބަހުރުވައިންނަމަ ލާދީނީ) ހަރަކާތެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ ނައްސުތަކާ ހިލާފު ކޮންމެގޮވާލުމަކީ، ކޮންމެއަމަލަކީ، އަދި ކޮންމެ ހަރަކާތަކީ، މީގެ އިތުރުން ކޮންމެފިކުރަކީ ދީނަށްކުރާ ފުރައްސާރައެއް ކަމަށާއި އެއީ "ޖަހާޖޯކެއް" ކަމަށް ހަލީމް ވިދާޅުވިއެވެ.

"އިންޑިޔާބޭރުކުރޭ، އަކީ އިސްލާމީ ޝަރީޢަތާ މާތް ނަބިއްޔާގެ އަމަލީހަޔާތްޕުޅުގައި ދެއްކެވި މަތިވެރިނަމޫނާއާ ދިމާއިދިކޮޅު ސިއާރެއް. މިފަދަ ނާތަހުޒީބު އަމަލުތަކުގެސަބަބުން ދޭދޭގައުމުތަކުގެ ގުޅުމަށްބުރޫއަރާ ދޭދޭގައުމުތަކުގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާ ނަފުރަތު އުފެދޭ." ހަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީމް ވިދާޅުވީ، ‏އިންޑިއާއަކީ ޒަމާންމީ އެކުވެރިއެއް ކަމަށާއި ރާއްޖޭގެ ވިޔަފާރީގެ ބައިވެރިއެއް ކަމަށެވެ.



"އެހީތެރި މަދަދުގާރެއް؛ ވަފާތެރި ބައިވެރިއެއް؛ ތަރައްގީގެ ހިއްސާދާރެއް އަދި ކިއެއްތަ، ދިވެހިރާއްޖެއާ އިންޑިއާވަނީ އާލަމީ މުއާހަދާތަކުން ބަނދެވިފަ. ކޮންސިއުލޭޓުވެސް އެޅޭނެ." އިންޑިއާ އިން އައްޑޫގައި ކޮންސިއުލޭޓް އޮފީހެއް ހުޅުވަން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރަށްވައި އަދި އިންޑިއާއާއި ރާއްޖެއާ ގުޅިފައި އޮތް މިންވަރު ހާމަކުރަށްވަމުން ހަލީމް ވިދާޅުވިއެވެ.

ހަލީމް މިހެން ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު ބަލަހައްޓާ އޮޕަރޭޓް ކުރުމުގެ ނަމުގައި އިންޑިޔާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އައްޑޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލާ އިންޑިޔާ އައުޓްގެ ނަމުގައި ފަށާފައިވާ ކެމްޕޭނަށް އިޝާރާތް ކުރަށްވާ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު