ނިދާލް ހަސަން
ނިދާލް ހަސަން
އެމެރިކާގެ ފޯޓް ހޫޑް މިލިޓަރީ ބޭސްގައި 2009 ވަނަ އަހަރު ބަޑީގެ ހަމަލާތަކެއްދީ 13 މީހުން މަރާލި މައްސަލައިގައި ކުށްވެރިވެ މަރުގެ ހުކުމް އިއްވާފައިވާ ނިދާލް ހަސަންގެ މަރުގެ ހުކުމް ތަންފީޒުކުރުން އާންމުންނަށް ވަގުތުން ލައިވްސްޓްރީމް ކުރާނެ ކަމަށް އެމެރިކާގެ ޕެންޓަގަން އިން ހާމަކޮށްފިއެވެ.

ޕެންޓަގަންއިން ބުނި ގޮތުގައި، ބަޑިޖަހައިގެން އޭނާގެ މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް އާންމުންނަށް ފެންނާނެހެން ވަގުތުން ދެއްކުމަށް ވަނީ ނިންމާފައެވެ.

އެމެރިކާގެ ރައީސް ډޮނަލްޑް ޓްރަމްޕް ވަނީ ނިދާލް ހަސަންގެ މަރުގެ ހުކުމް ބަޑިޖަހައިގެން ތަންފީޒުކުރުމަށް ތާއީދުކުރައްވައި އެކަން ފާސްކުރައްވާފައެވެ.

މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން ބަޑިޖަހައިގެން މަރުގެ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މިއީ 1961 ވަނަ އަހަރަށްފަހު އެމެރިކާގެ އަސްކަރީ ކޯޓަކުން އިއްވާފައިވާ މަރުގެ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރުވެސް މެއެވެ.

ކުރީގެ އާމީ މޭޖަރެއް އަދި ސައިކިއަޓްރިސްޓެއް ކަމަށްވާ ނިދާލް ހަސަން ދިން މި ހަމަލާގައި 13 މީހުން މަރުވި އިރު 30 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އޭނާގެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ޕެންޓަގަންއިން މަޢުލޫމާތު ދޭ ގޮތުގައި، މަރުގެ ހުކުމް ވަގުތުން ލައިވްސްޓްރީމް ކުރުމާ ބެހޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެއެވެ. މި ނިންމުމާއެކު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ގާނޫނީ ދާއިރާގެ ބޭފުޅުންގެ މެދުގައި ބަހުސްތަކެއް ވަނީ އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު