ބީއެމްއެލްއިން އައު އެޕް ތައާރަފް ކުރުމަށް ދަނީ ތައްޔާރުވަމުން
ބީއެމްއެލްއިން އައު އެޕް ތައާރަފް ކުރުމަށް ދަނީ ތައްޔާރުވަމުން
ބީއެމްއެލްގެ މޮބައިލް ބޭންކިންގް އެޕަށް ބޮޑެތި ބަދަލު ތަކެއް ގެނަސް ތަފާތު ގިނަ ހިދުމަތްތަކާއެކު އައު އެޕް ތައާރަފްކުރަން ތައްޔާރު ވަމުންދާ ކަމަށް އެބޭންކުން ބުނެފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ ވަރަށް އަވަހަށް މި އައު އެޕް އާންމުންނާ ހަމައަށް އަންނާނެ ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭން ހުޅުވާލެވޭ ބޮޑު ޕްލެޓްފޯމެއް ކަމަށާއި ބޭންކިންގެ ހިދުމަތް ވީހާވެސް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށްވެސް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ބީއެމްއެލްގެ މި އައު ޒަމާނީ އެޕަކީ އެބޭންކުގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ކަސްޓަމަރުން ކޮންމެތާކު ތިބެގެންވެސް ބޭންކިންގެ ހިދުމަތް އަވަސްކަމާއެކު ހޯދޭނެ ގޮތް މަގުފަހި ކޮށްދޭނެ އެޕެކެވެ. މި ބަދަލުތަކާއެކު މި އެޕް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުން އެދޭ މުހިންމު ބަދުލުތަކާއެކު، މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގެ ހިދުމަތް ހޯދޭނެ ގޮތައް ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން ބީއެމްއެލުން ވަނީ އެބޭންކުގެ ގިނަ ޚިދުމަތްތައް ބޭންކަށް ނުގޮސް މޮބައިލް އެޕް މެދުވެރިކޮށާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭނެގޮތްތައް ތަޢާރަފުކޮށްފައެވެ. އެގޮތުން ފައިސާގެ ހުރިހާ މުއާމަލާތްތަކެއްވެސް މި ދެ ވަސީލަތް މެދުވެރިކޮށް ބޭންކްގެ ކަސްޓަމަރުން ގޭގައި ތިބެގެން ލިބޭނެ މަގު ބީއެމްއެލުން ވަނީ ތަނަވަސް ކޮށްދީފައެވެ. ބޭންކުން އިލްތިމާސް ކުރަނީ މިހާލަތުގައި ބޭންކަށް ނުގޮސް ބޭންކުގެ އެ ޚިދުމަތްތައް ބޭނުން ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން