ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަން
ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަން
އިސްލާމް ދީނަކީ ލާއިންސާނީ އަނިޔާވެރި ކަމަށް ނަޞްރުދޭ ދީނެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ނާއިބުރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ޙަމީދު ވިދާޅުވުމާ ގުޅިގެން އަލްހާން މިރޭ ވިދާޅުވީ، އިސްލާމް ދީނަކީ ލާއިންސާނީ އަނިޔާވެރި ކަމަށް ނަޞްރުދޭ ދީނެއް ނޫން ކަމަށެވެ.

އަދި ހަރުކަށި ފިކުރު ފަތުރައި ދީނުގެ ނަމުގައި ޓެރަރިޒަމް ހިންގުމާ، މީހުންގެ ލޭ ހުއްދަކޮށް ވާހަކަދައްކާ މިހުންނާމެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް އަލްހާން ވިދާޅުވިއެވެ. މީގެ ކުރިން އިސްލާމް ދީނުގެ މެދުމިނަށްވުރެ ހަރުކަށިކޮށް ދީނުގެ މަޢުލޫމާތު ފަތުރާކަމުގެ ތުހުމަތު އަލްހާން ވަނީ ކުރީގެ ލަވަކިޔުންތެރިޔާ ޢަލީ ރަމީޒަށާއި، ތަފްސީރު އިލްމުވެރިޔާ ޑރ. އިޔާޒަށް ކުރަށްވާފައެވެ.

"މި ނަފްސާނި ބަލިމަޑުކަން ޤައުމުން ފިލުވާލަންޖެހޭ!" އަލްހާން ވިދާޅުވިއެވެ.



މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ވިދާޅުވީ މިހާތަނަށް ފެންނަން ހުރި މައުލޫމާތަށް ބަލާއިރު މިއަދު ހައްޔަރުކުރީ ހަރުކަށި ފިކުރުގެ ތެރެއިން ޝާމިލުވާ އެ ފިކުރާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހަރަކާތްތެރިވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަކި ޓެރަރިސްޓް ޖަމާއަތަކާ ވާގިވެރިވާ ނުވަތަ ތާއީދުކުރާ ބައެއް ކަމަށް ދެންނެވޭނީ އިތުރަށް ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހުގައި ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައި ވަނީ މައްސަލައިގެ ތަހުޤީޤުގެ ތެރެއިން ހަރުކަށި ފިކުރުގެ ވިސްނުމާއި ގުޅުން ހުރި ކަންކަން ފެންނަމުން އަންނަ ކަމަށާއި، ތަހުގީގު ކުރިޔަށް ދާވަރަކަށް މި ކަންކަން އިތުރަށް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ. ހައްޔަރު ކުރި ދެމީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ދެމީހުން ކަމުގައި ފާހަގަވީ ނަމަވެސް، ޝަމީމް މިއަދު ވިދާޅުވީ، ދީނީ ގޮތުން ހަރުކަށި ނުވެވޭނެ ކަމަށާއި، ދީނުގައި އޮތީ މެދުމިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން