ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން ޤައުމީ ދިފާޢީބާރުން ދެއްކި އެއްވެސް ވާހަކައެއް ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން ޤައުމީ ދިފާޢީބާރުން ހާމަކޮށްފައިވާ މަޢުލޫމާތުތަކާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، އެކަމުގައި ދިފާޢީ ބާރުން ދެއްކި އެއްވެސް ވާހަކައެއް ދެކޮޅު ނުޖެހޭ ކަމަށެވެ.

އަދި އެމްއެންޑީއެފުން ރައީސް ނަޝީދަށް ފޯރުކޮށްދޭން ޖެހޭ ސެކިއުރިޓީ ފެއިލްވެފައިވާ ކަމަށާއި، އެކަމުގައި ބަހަނާ ނުދައްކާ ފިޔަވަޅު އަޅަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރެވުނީ 24 ގަޑިއިރު ފަހުންކަން ފާހަގަކުރަށްވައި ޖަމީލް ވިދާޅުވީ، މިނިސްޓަރ މާރިޔާ އަކީ އެހެން ޕާޓީއެއްގެ ޑިފެންސް މިނިސްޓަރެއް ނަމަ މިފަހަރު މަގާމް ގެއްލުނީސް ކަމަށެވެ.



ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު ސެކިއުރިޓީން އުޅޭނީ ހަތިޔާރާއެކު ކަމަށެވެވެ. އަދި އެމަނިކުފާން ވަޑައިގަންނަވާ ތަންތަނަށް އެޑްވާންސް ޓީމު ދާނެ ކަމަށް ދިފާޢީ ބާރުން ބުނެފައި ވެއެވެ.

އަދި މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ހަނގުރާމައިގެ މައިދާން ތަކުގައި ޙަރަކާތްތެރިވެފައިވާ ބައެއް މީހުން ރާއްޖޭގައި އުޅެމުން ދިއުން ކަމަށާއި، އެހެންކަމުން އެމީހުންގެ ތަޖުރިބާއަކީ މިފަދަ ޑިވައިސްތައް އުފެއްދުމުގައި ޓެރަރިސްޓުންނަށް ލިބޭ އިތުރު ފުރުސަތެއް ކަމަށް ޤައުމީ ދިފާޢީ ބާރުން ރޭ ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން