ކޮވިޑުން ރައްކާތެރިވުމަށް އިންޑިއާގެ އެކި ސްޓޭޓް ތަކުގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ބޭނުން ކުރާ ވެކްސިން ހުސްވެ ގިނަ ވެކްސިން ސެންޓަރުތަކެއް ބަންދުކުރަމުންދާކަމަށް އިންޑިއާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މީގެ ކުރިން ވަނީ މެއި މަހު އެކަކުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް ހުޅުވާލާނެކަމަށް ވިދާޅިވެފައެވެ. ނަމަވެސް އިންޑިއާގައި ކޮވިޑް ވެކްސިން ހުސްވެ، ގިނަ ސްޓޭޓްތަކެއްގެ ވެކްސިން ސެންޓަރުތައް ބަންދު ކުރަން ޖެހިފައިވުމުން މި ވައުދު ފުރިހަމަވާނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ވެކްސިން ހުސްވުމާއި ގުޅިގެން އިންޑިއާގެ މުމްބާއިގެ ސިއްހީ ވުޒާރާތަކުން ވަނީ، މުމްބާއީގެ ވެކްސިން ސެންޓަރުތައް ތިން ދުވަހަށް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ. އަދި ދިއްލީގެ ސިއްހީ ވުޒާރާތަކުން ވަނީ ވެކްސިން ހުސްވުމާއި އެކު، ވެކްސިން ޖަހަން އައުން ހުއްޓާލުމަށް އާންމުންގެ ފަރާތުން އެދިފައެވެ.

މީގެއިތުރުން އިންޑިއާގެ ބެންގަލޫރު ސިޓީ ނިސްބަތްވާ ކަރްނަޓަކާ ސްޓޭޓްގެ ހެލްތު މިނިސްޓަރ ވަނީ ވެކްސިން ނެތުމުން، އެސަރަހައްދުގައި 18 އަހަރުން މަތީގެ ހުރިހާ ބޮޑެތި މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް އަދި ފެށެން ނެތްކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑުގެ ދެވަނަ ރާޅާއިއެކު، އިންޑިއާގައި މިބަލި ޖެހޭމީހުން ގިނަވެ، ވެކްސިން ދިނުންވެސް އިތުރުކުރުމަށް މަސައްކަތްކުރަން ފެށިއެވެ. އަދި މިއާއިއެކު، ވެކްސިން މަދުވެދާނެކަމަށް ބަލައި، އިންޑިއާއިން މީގެކުރިން ވަނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުންވެސް ވަގުތީގޮތުން މެދުކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން