ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭނެ ޚާއްސަ ހާލަތްތައް އިތުރުކޮށް، ގިނަ ފުރުސަތުތައް ހުޅުވާލުމަށްޓަކައި ޕެންޝަން ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޭނުން ހިފޭނެ ކަންކަން ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، މިހާރުވެސް ބައެއް ކަންކަން ފެށިފައިވާ ކަމަށެވެ. މި މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް އިތުރު ފުރުޞަތެއް ދެއްވުމަށްޓަކައި ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާރު މަޖިލިސް ޗުއްޓީއަށް ގޮސްފައިވީ ނަމަވެސް، މަޖިލިސް އަލުން ހުޅުވޭ ދައުރަށް ގާނޫނަށް އެ އިސްލާހު ހުށައަޅުއްވާނެ ކަމަށެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކަށް ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕެންޝަނާބެހޭ ޤާނޫނަށް ގެނައުމަށް ރާވާފައިވާ އިޞްލާޙުތަކުގެ ތަފްޞީލެއް ރައީސް ރޭ ދެއްވާފައެއް ނުވެއެވެ.
މިހާރު ވެސް، އަމިއްލަ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ވަކި ނިސްބަތަކަށް ބަލައި، އޭގެ ތެރެއިން ބައެއް ފަރުޟު ހައްޖު އަދާކުރުމާއި، ގޯތި ގެދޮރު ގަތުމަށް ފުރަތަމަ ފައިސާ (އިކުއިޓީ) ދެއްކުން ފަދަ ކަންކަމަށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު