ފަވިޕިރާރްވިރް
ފަވިޕިރާރްވިރް
ކޯވިޑް-19 އަށް ފަރުވާކުރެވޭކަމަށް ތަހުލީލުތަކުން ދައްކާފައިވާ އެންޓި-ވައިރަލް ބޭހެއް ކަމަށްވާ، ފަވިޕިރާރްވިރް، ގެ ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ގްލެންމާކް ފާމަސިއުޓިކަލްސް ލިމިޓެޑަށް ހުއްދަ ދީފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެންޓި-ފްލޫ ބޭހެއްގެ ގޮތުގައި ބޭނުންކުރުމަށް 2014 ވަނަ އަހަރު ޖަޕާނުގެ ފުޖިފިލްމް ހޯލްޑިންގްސް ކޯރޕްއިން އަވިގާން ބްރޭންޑް ނަމުގެ ދަށުން އުފައްދާފައިވާ ފަވިޕިރާރްވިރުން ކޯވިޑް-19ގެ ބަލިމީހުންނަށް އެއްވެސް ފާހަގަކުރެވޭ ނޭދެވޭ އަސަރަކާއި ނުލައި ފަރުވާކުރެވޭކަމަށް ޗައިނާގެ ޑޮކްޓަރުން ހާމަކޮށްފައިވާއިރު، ގްލެންމާކުން ވާހަކަދެއްކެވި އެކުންފުނީގެ ގްލޯބަލް އާރް އެންޑީގެ ނައިބު ރައީސް، ސުޝްރުތް ކުލްކަރނީ ބުނީ އޭޕީއައި އާއި ފޯމިއުލޭޝަންތައް ހެދުމަށްފަހު ވީ އެންމެ އަވަހަކަށް ކްލިނިކަލް ޓްރަޔަލްތައް ފަށައި އިންޑިއާގައި ބަލިޖެހިފައި ތިބި މީހުންނަށް ބޭހުން ފަރުވާކުރަން ފަށަން ނިންމާފައިވާކަމަށެވެ.

މީގެއިތުރުން އިންޑިއާގައި ބޭސް އުފައްދާ ވިއްކާ ސްޓްރައިޑްސް ފާރމާ ސައިންސް ލިމިޓެޑުންވެސް އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި އެކުންފުނިން ވާނީ ފަވިޕިރާރްވިރް، އެންޓިވައިރަލް ބޭސް އުފައްދައި، އަޖުމަބެލުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުގައި އެދިފައެވެ.

އިނގިރޭސި ވިލާތުގެ އޮކްސްފޯރޑް ޔުނވަރސިޓީން އުފައްދާ މިހާރު އިންސާނުންނަށް ދީގެން ތަހުލީލު ކުރަމުން ގެންދާ ކޯވިޑް-19 ގެ ވެކްސިންގެ އެންމެ ބޮޑު ސްޓޮކެއް އުފައްދަނީ ވެސް އިންޑިއާގައެވެ. މި ވެކްސިންގެ ތަހުލީލުތައް މުޅިން ނުނިމުނު ނަމަވެސް މިހާރު ވަނީ ވެކްސިން އުފައްދަން ފަށާފައެވެ. އޮކްސްފޯޑުން ބުނެފައި ވަނީ މި ވެކްސިނަކީ މިހާރުވެސް 80 އިންސައްތަ ޔަގީންކަން ލިބިފައިވާ ވެކްސިނެއް ކަމަށެވެ. ކިތަންނެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނަސް މި ވެކްސިން އުފައްދަނީ ވެކްސިންގެ ތަޖުރިބާތައް ނިމެންވާއިރަށް ވެކްސިން ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށެވެ. އޮކްސްފޯރޑުން މަސައްކަތް ކުރަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ވެކްސިންގ ބާޒާރަށް ނެރުމަށެވެ.

ކްލިނިކަލް ޓްރަޔަލްތައް ފެށުމަށް ހުއްދަ ލިބުމާއެކު، އިންޑިއާގެ މުމްބާއީގައި ހުންނަ ގްލެންމާކް ފާމަސިއުޓިކަލްސްގެ ހިއްސާގެ އަގު ހިއްސާ ބާޒާރުގައި ވަނީ 8.9 އިންސައްތަ މައްޗަށް ޖެހިފައެވެ. އެގޮތުން މިހާރު މިކުންފުނީގެ ހިއްސާއެއްގެ އަގަކީ 359 އިންޑިއަން ރުޕީސްއެވެ. މިއީ 4.78 އެމެރިކާ ޑޮލަރާއި ގާތްކުރާ އަދަދެކެވެ.

ދުނިޔޭގެ އާބާދީގެ 3.2 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ ކޯވިޑް-19 އަށް އިންޑިއާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 33،062 އަށް އަރާފައިވާއިރު، އެގައުމުން ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 1،079 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން