ކައުންސިލަރު ކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ ހުރިހާ ފިކުރަކާއެކު އެންމެންނާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫ މަަރަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ނާދިރު (ޗިޅާ) ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އައްޑޫ މަަރަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ނާދިރު (ޗިޅާ) ވިދާޅުވީ ކައުންސިލަރު ކަމަށް ރައްޔިތުން އޭނާ އިންތިޚާބު ކޮށްދެއްވައިފިނަމަ އޭނާގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވައި ދާއިރާއަށް އުއްމީދީ ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށެވެ. ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއިއެކު މަރަދޫ ދާއިރާއަށް ތަރައްގީ ގެނައުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަރަދޫގެ ގިނަ ޒުވާނުންނާއި ރައްޔިތުންނާއި ގުޅޭ ހިތްހެޔޮ މިޒާޖެއްގެ އަހުމަދު ނާދިރު (ޗިޅާ) އަކީ ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ބޭފުޅެކެވެ. އެގޮތުން ޓޫރިޒަމް ދާއިރާގައި 7 އަހަރު ޗިޅާ މަސައްކަތް ކުރައްވާފައިވާއިރު މަސްވެރިކަމުގެ ދާއިރާއާއި ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން ރެސްޓޯރެންޓް ވިޔަފާރީގައިވެސް ތަޖުރިބާ ހޯއްދަވައި އޭނާގެ ގާބިލްކަމާއި ހިންގުންތެރިކަން ވަނީ ސާބިތުކޮށްދެއްވާފައެވެ.

މީގެ އިތުރުން ޒުވާން އުމުރުގައި ގޯދިއްޔާ ޖަމިއްޔާ ހިންގުމުގައި އިސްރޯލެއް އަދާކުރެއްވި ޗިޅާ ފާހަގަކުރެވެނީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން ކުޅިވަރުގެ ދާއިރާއިން ރަށައް ރީތިނަން ހޯދައިދީފައިވާ ފަރާތެއްގެ ގޮތުގައެވެ. އަމިއްލަ ޖީބުން ޚަރަދުކޮށް ރައްޔިތުންގެ ތަރައްގީއަށް ކުރާ ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދައްކާފައިވާ ޗިޅާ ވަނީ މަރަދޫ ރައްޔިތުންގެ ލޯތްބާއި ތާއިދު ހޯއްދަވާފައެވެ. މަރަދޫ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޗިޅާ ފިޔަވައި އެމަގާމަށް ގާބިލް އެހެން ދެވަނަ ފަރާތެއް ނެތްކަން އެދާއިރާގެ ގިނަ ރައްޔިތުން ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން