ހުކުރު މިސްކިތުގެ މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހެރިޓޭޖް މިނިސްޓްރީއާއި ސްޓެލްކޯ ގުޅިގެނެވެ. ސްޓެލްކޯއިން ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި މިކަން ކުރަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުންނެވެ.

މިމަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވިއެވެ.



މިރަސްމިއްޔާތުގައި މިނިސްޓަރ ޔުމްނާ ދެއްކެވި ވާހަކައިގައި ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށާފައިވާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ ހުކުރު މިސްކިތު މުންނާރާއި މެދުޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކުކަމަށެވެ.

2019 ވަނަ އަހަރުވެސް ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދިޔައެވެ. އެފަހަރުވެސް ސްޓެލްކޯއިން ވަނީ އެމަސައްކަތުގައި ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން