ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު (ކ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނެފައިވަނީ ކޯވިޑް-19 އިން ދިފާޢުވުމަށް ފުރިހަމަ ކުރަންޖެހޭ ވެކްސިންގެ ދެވަނަ ޑޯޒް ރައީސް ނަޝީދު މިއަދު ޖައްސަވާފައިވާކަމަށެވެ. ރައީސް ނަޝީދު ޖައްސަވަމުން ގެންދަވަނީ ކޮވިޝީލްޑް ވެކްސިނެވެ. ރައީސް ނަޝީދު ދެވަނަ ޑޯޒް ޖެއްސެވީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ، ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އޮންނަ މުއްދަތަކީ އަށް ހަފްތާއާއި 12 ހަފްތާއާއި ދެމެދުގެ މުއްދަތެއް ކަމަށް ވީނަމަވެސް އަށް ހަފްތާ ވުމުން ވީހާވެސް އަވަަހަށް ދެވަނަ ޑޯޒް ލިބިގަތުމަކީ އެންމެ ރަނގަޅުގޮތް ކަމަށެވެ.



ފެބްރުއަރީމަހު ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ފަށާފައިވާއިރު ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ފަހުން ސިނޯފާމްއާއި ފައިޒާ ވެކްސިން ދިނުމުގެ ހުއްދަވެސް ރާއްޖޭގައި ވަނީ ދީފައެވެ. އެގޮތުން ސިނޯފާމް ވެކްސިން މިހާރު ދޭން ވެސް ވަނީ ފަށާފައެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާ ފަހުންނެވެ.

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 2016 މީހަކު ވަނީ ޖަހާފައެވެ. އަދި މިހާތަނަށް ރާއްޖޭގެ ދެލައްކަ ސާޅީސް ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ވެކްސިންގެ ދިފާޢު ފުރިހަމަ ވާނީ ދެވަނަ ޑޯޒް ޖެހުމުން ކަމަށާއި، ދެވަނަ ޑޯޒް ފުރިހަމަ ކުރުމުން ކޯވިޑް ވެގެންދާނީ އާދައިގެ ރޯގާއަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން