އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   9 މާރިޗު 2021 - 8:58
ގައުމެއްގެ އިގްތިސޯދު ކުރިއަރައިގެންދާނީ، ކަރަންޓުގެ އަގު ހެޔޮވެގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ޓިވީ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ރާއްޖެއިން ކޮންމެ އަހަރަކު ތެލަށް ބޮޑު ހަރަދެއް ކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ދިހައެއް އިންސައްތައަކީ ތެލަށް ކުރާ ހަރަދު ކަމަށެވެ. އަދި ރާއްޖެ އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ ޑީސަލް ކަމަށާއި ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ ރާއްޖެއަށް އެތެރެކުރާ ތެލުގެ 60 އިންސައްތަ ކަމަށް ވިދާޅުވިއެވެ. ބާކީ ތެލަކީ ވެހިކަލްތަކާއި އުޅަނދުތަކާއި އެނޫންވެސް ބޭނުންތަކަށް އެތެރެކުރާ ތެލެވެ.



މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލްވުމަށްޓަކައި އިޔާދަކުރަނިވި ހަކަތަ ރާއްޖޭގައި އުފައްދާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށެވެ.

"ރާއްޖޭގައި އެބަހުރި ވޭވް އެނާޖީ އުފެއްދުމުގެ ގާބިލްކަން. ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ގާބިލްކަން. ވިންޑް އެނާޖީވެސް ރާއްޖޭގައި އުފެއްދިދާނެ. އަދި ކަނޑުގެ ފުން ސަރަހައްދުތަކާއި މަތީ ފަށަލަތަކުގެ ފިނިހޫނުމިން ބޭނުންކޮށްގެންވެސް ހަކަތަ އުފެއްދިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު ވިދާޅުވީ، ތެލަށް ބަރޯސާވުން ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަރޯސާވާ މިންވަރު އިތުރުކުރުމުން މާލީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށާ ގައުމަކަށް ކަރަންޓު އަގުހެޔޮކުރެވިގެން ނޫނީ އިގްތިސޯދު ކުރި ނާރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު