މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމު ހއ. މޮޅަދޫގައި.
މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމު ހއ. މޮޅަދޫގައި.
ހއ، ހދ އަދި ށ އަތޮޅުގައި އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫޢާ ގުޅޭ ގޮތުން އެތިން އަތޮޅުގައި ސަރވޭކުރަންފަށައިފިއެވެ.

‏މިގޮތުން މި ސަރވޭކުރުމަށް، މިނިސްޓްރީ އޮފް ޕްލޭނިންގް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ޓީމެއް ހއ ގެ ބައެއް ރަށްރަށަށް މިއަދު ވަނީ ޒިޔާރަތްކޮށްފައެވެ. ‏މިދަތުރުގައި ލޯކަލް ކައުންސިލްތަކާއެކު މިޓީމުން މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

މިގޮތުން މިއަދު މިޓީމުން ޒިޔާރަތްކޮށްފައިވަނީ ހއ އަތޮޅުން، ތުރާކުނު، އުލިގަން، މޮޅަދޫ، އިހަވަންދޫ، މާރަންދޫ، ތަކަންދޫ އަދި އުތީމަށެވެ.

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއިކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހުއެވެ.

ގައުމީ ފެރީގެ ހިދުމަތުގެ ފުރަތަމަ މަރުހަލާގައި ހިދުމަތް ދޭން ނިންމާފައިވަނީ އުތުރުގެ ތިން އަތޮޅަށެވެ. މިގޮތުން މިމަޝްރޫޢުގެ ދަށުން ހއ، ހދ، އަދި ށ، މި ތިން އަތޮޅުގައި ހިމެނޭ 41 ރަށަކަށް ހިދުމަތް ދެވޭނެ ކަމަށް އެމްޓީސީސީއިން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ވިސްނާ

13-Mar-2021

ތިން އަތޮޅުގެ ފެރީގެނެޓްވޯކް އަޅަނީ ހިފަސް ބިމުގަ. އެހެންވެގެން ހިއްކާފައިވާ ސަރަހައްދު ފޫޓް އަޅަނީ. ގުބޯހައްދަނީ



ޓްރެންޑިން