އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުން ކޯވިޑަށް ޓެސްޓްކުރަން ފުލުހުން މަސައްކަތްކޮށްފިއެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއިން 39 މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ބުނީ އެމީހުން ކޯވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަން އެދުނީ އެމީހުންނަކީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކަށް ވެފައި، އެމީހުންނަކީ ގިނަ ފުލުހުންނާ ކޮންޓެކްޓްވެފައިވާ ބަޔަކަށްވުމުން ރައްކާތެރިކަމަށްޓަކައިކަމަށެވެ،

ސާމްޕަލް ނަގަން ފުލުހުން އެދުނަސް، ހައްޔަރުކުރި މީހުން ވަނީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދާފައެވެ.

އިދިކޮޅު ކޯލިޝަނުން ބާއްވަމުންދާ ސިލްސިލާ މުޒާހަރާ ތަކުގެ ތެރެއިން އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި 39 މީހުން ޖޫރިމަނާކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން