އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން މާލެ ހަލާކުކުރި ގޮތް ކިޔައިދިނުމަކީ މުހިއްމު ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ އެންޓި ކެމްޕެއިންކުރުމަށް އެހާބޮޑު އިސްކަމެއް ދެނީ ކީއްވެތޯ ވިދާޅުވެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސުވާލެއް އެމްޑީޕީއަށް އަމާޒު ކުރެއްވުމާއި ގުޅިގެނެވެ.

އެމްޑީޕީގެ މެންބަރުން ރައްޔިތުން މަޖިލީހުގައި ވެސް ގެންދަވަނީ ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މުއިއްޒަށް ޖަވާބުދާރީ ވެވަޑައި ނުގެންނެވޭ މަޖިލީހުގެ ޕްލެޓްފޯމް ބޭނުން ކުރަށްވައިގެން އެމްޑީޕީގެ މެންބަރުން މުއިއްޒާ ދެކޮޅަށް ދައްކަވާ ވާހަކަ ތަކަކީ އެންޓި ކެމްޕޭން ކުރުން ކަމަށް އިދިކޮޅުން ބުނި ނަމަވެސް އިންތިޚާބުގެ ކަންކަން ބަލަހައްޓާ އީސީން މިކަމާއި ދެކޮޅަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.



މުއިއްޒުގެ ޓްވީޓަށް ރައްދުދެއްވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ ހުރިހާ ބާރެއް ނަންގަވައިގެން ހުރެ، 7 އަހަރުވަންދެން ކޮންމެ ދުވަހަކު ޑރ. މުއިއްޒު މާލެ ހަލާކުރި ގޮތް ކިޔައިދިނުން އަދި ހަނދާންކޮށްދިނުމަކީ މުހިއްމުކަމެއްކަމަށެވެ.



ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުއިއްޒުއަަކީ މާލޭގެ ތަރައްްޤީއަށް ހުރަސް އެޅި ބޭފުޅެއްކަމަށް ބުނެ އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުންދަނީ މުއިއްޒު މިނިސްޓަރަކަށް ހުންނަވައިގެން މާލެ ސަރަހައްއަށް މިދިޔަ 7 އަހަރު ތެރޭގައި ތަރައްޤީ ގެނެސްދީފައިވާކަމަށެވެ. މިކަމާއި ދެކޮޅަށް ވާހަކަ ދައްކަވާ އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ މުއިއްޒަކީ "ރާއްޖެތެރޭގެ" މީހަކަށް ވާތީ މާލޭގެ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތައް އެނގިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ނަސްލީ ޒާތީ ތަފާތު ކުރުމުގެ ބަސްތައް ބޭނުން ކުރަށްވައިގެން ވެސް ޑރ. މުޢިއްޒަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.

މާލޭގެ މޭޔަރު ކަމަށް ތިން ކެންޑިޑޭޓުން ވާދަކުރަށްވާއިރު އެމްޑީޕީގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވަމުން ދަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޢިއްޒަށްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޙަބީބު.

13-Mar-2021

ﷲ ގަންދީބުނަން ލާދީނީ ބަޔަކައް ތާއީދެއްނުކުރަން އެއީ ރަނާ ރިހިދޭންބުނިކަމުގަވިޔަސް އެމްޑީޕީޔަކީ މިރާއްޖޭގެ އިޖުތިމާއީ ފޭރާންވީދާ ހަލާކުކުރާ ބައެއް


2

ޤާދިރު

07-Mar-2021

ކަލޭ ޔޫތު މިނިސަޓަރަކަށް ހުރި އިރު ދިރުވާލި 300 މިލިޔަން ރުފިޔާ ދިރުވާލި ގޮތް ވެސް އޮޅުން ފިލުވައި ދޭން ޖެހޭ.


7

މުުހުއްމަދާ

07-Mar-2021

މުއިއްޒު ހަލާކު ކުރިކަމަށް ތިކިޔަނީ މާލެ. އެމްޑީޕީން ދިވެހި ގައުމިއްޔަތާއި ދިވެހި ޒުވާނުންގެ އަޤަލު އަދި ލަދުހަޔާތް ހަލާކުކޮއް އަދި ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ފުޑުފުޑު ކުރާމައްސަލަ މާބޮޑަށް ބަލަން ޖެހޭ.



ޓްރެންޑިން