ޖިންސީ މުއާމަލާތް ހިންގުމަށް އެދުނުކަން ސާބިތުވިޔަސް އަދަބު ކަނޑައެޅޭނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ، ގ. އެއްތެޔޮމާގެ/ އަބްދުލް ޣަނީ އިސްމާއީލް، އާންމުތަނެއްގައި ހުރި މީހަކަށް، ގޯނާ ވާނެކަން ނުވަތަ އުނދަގޫ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދިފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދައުވާ އެކެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ރޭގަނޑު 7:30 އެހާކަންހާއިރު ސ. ހިތަދޫ/ ކާނޭޝަން ވިލާ އައިމިނަތު މަލްހާ އަސްލަމް، މަޖިދީމަގުން މާފަންނާވީކޮޅަށް ހިނގާފައި ދަނިކޮށް ބޭންކު އޮފް މޯލްޑިވްސްއާ ހިސާބު މަގުމަތިން އަބްދުލް ޣަނީ އިސްމާއީލް، ސައިކަލުގައި އައިމިނަތު މަލްހާގެ ފަހަތުން ގޮސް މަޖިދީމަގު ގަލޮޅު ބޯޅަދަނޑާ ހިސާބުގައި ހުންނަ މިސްކިތް ކައިރިން، ޣަނީ ކައިރީގައި ބޭނުންވަނީ ކޮން ކަމެއްތޯ މަލްހާ ސުވާލު ކުރުމުން، މަލްހާއާއެކު ޖިންސީ މުއާމަލާތް ހިންގުމަށް ބޭނުންވާ ކަމަށް ބުނެ ޖިންސީ މުއާމަލާތް ހިންގުމަށް ޣަނީ މަލްހާގެ ކިބައިން އެދިފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ދައުވާއަށް، ޣަނީ އިންކާރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޝަރީއަތަށް ހުށަހެޅި ހެއްކާއި ގަރީނާއިން މި ދައުވާ ޝަރީއަތަށް ސާބިތުވާތީ، އާންމު ތަނެއްގައި ހުރި މީހަކު އެމީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުން ޣަނީ ކުއްވެރި ވެއްޖެ ކަމަށް ކަނޑައަޅާ ކަމަށް ބުނެފައިވީ ނަމަވެސް ގާނޫނުލް އުގޫބާތުގެ 94 ވަނަ މާއްދާގެ (ށ)އަށް ރިއާޔަތްކޮށް ޣަނީގެ މައްޗަށް މި ކުށަށް އަދަބު ކަނޑައެޅޭނެތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ތިމަންނަ

13-Mar-2021

ތިޔަ މައްސަލައިގާ "ގާނޫނަށް" ހަރުކަށި އަދަބު ދޭންފެނޭ...


-4

ގުނބޯ

07-Mar-2021

މީދެން އަރަތެއްތާ. ކީއްކުރަންތަ ބޭނުންވަނީ ކޮންކަމެއްތޯއެހީ؟ އެމީހަކު ބޭނުންވާކަމެއްދޯ އެހީމާ ބުނަންވާނީ.



ޓްރެންޑިން