މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފު ހައްޔަރު ނުކޮށްފިނަމަ އޭނާ އަންހެން ކުދިން މަރަން ގޮވާފާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަލީ އާޒިމް ދެއްކެވި ވާހަކަތަކަށް ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު ރައްދު ދެއްވައިފިއެވެ.

ޑރ. ޢިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން އާޒިމް ވިދާޅުވީ ޑރ. އިޔާޒް ދޫކޮށްފައި ބަހަައްޓައިފިނަމަ އަންހެން ދަރިން މަރަން ވެސް ގޮވާލާފާނެ ކަމަށެވެ. އަދި ދިވެހި މުޖުތަމައުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތް ކުރާ "މިފަދަ މުނާފިގުން" ހައްޔަރުކޮށް އެކަހެރި ކުރަން އާޒިމް ވަނީ ގޮވާލައްވާފައެވެ.

އާޒިމް ގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޝެއިޚް ޒައިދު ވިދާޅުވީ ޑރ. ޢިޔާޒަށް މުނާފިޤަކަށް ގޮވާލެއްވި އެމްޕީ ގެ އަޚްލާޤީ ފެންވަރުގެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާ ނަމަވެސް ޑރ. ޢިޔާޒަކީ ރާއްޖޭގައި އިސްލާމީ ނޫރު ފެތުރުމަށް ސައްވީސް ގަޑިއިރު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

ޑރ އިޔާޒް ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެން ޤައުމީ ޔުނިވާސިޓީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑރ. ޢިޔާޒް ސަސްޕެންޑު ކޮށްފައެވެ. ގައުމީ ޔުނިވަސިޓީގައި އެސިސްޓެންޓް ލެކްޗަރާއެއްގެ މަގާމުގައި އަދާކުރަށްވަމުން ގެންދަވާ ޑރ. އިޔާޒަކީ އަދާލަތު ޕާޓީގެ އިސް މެންބަރެކެވެ. އިޔާޒާ މެދު ޔުނިވަސިޓީން ކަންކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އަދާލަތަށް ނިސްބައިތްވާ ގިނަ އިލްމްވެރިން އަންނަނީ އެކަމުގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މީގެތެރެއިން ވެސް ޝައިޚް ޒައިދަކީ ޑރ. އިޔާޒުގެ ދިފާޢުގައި އެންމެ ފުރަތަމަ ތެދުވެ ވަޑައިގެން ވާހަކަ ދެއްކެވި ޢިލްމްވެރިއާއެވެ. ޒައިދުގެ އިތުރުން މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވެސް ވަނީ މިމައްސަލައިގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަށްވާފައެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އަކީ އެޕާޓީގެ ޢިލްމްވެރިންގެ ތެރެއިން ސަރުކާރުގެ އެންމެ އެތެރޭގައި ހުންނެވި އެކަކެވެ. މިމައްސަލައިގައި އިމްރާން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިމައްސަލައިގައި ހޯމް މިނިސްޓަރ ގެ މަގާމުގައި ހުންނެވި އިމްރާން ޢަބްދުﷲ އެއްވެސް އެއްޗެއް ވިދާޅު ނުވާތީ ބައެއް ފަރާތްތަކުން ވަނީ އޭނާއަށް ފާޑުކިޔާފައެވެ. މިގޮތުން ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ މިސަރުކާރުން ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް އަދި އަދާލަތުގެ ދީނީ ޢިލްމްވެރިންނަށް ކިތަންމެ އިހާނެތިކޮށް ހެދި ނަމަވެސް ސަރުކާރާ ދެކޮޅަށް އިމްރާން ބަހެއް ވިދާޅުނުވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


10

ކިނބޫ

13-Mar-2021

ދައްކާނެ ކަމެއް ނެތޭ. ކަލެއެކޭ އޭނައެކޭ އެއްގޮތްވިއްޔަ!


-2

ބަކުރުބެ

07-Mar-2021

ރަނގަޅު ވާހަކައެއް. ވަކަރުގޭ ކުދިންގެ ވާހަކަ ދައްކާނެ ކަމެއްނެތް


-10

ޢަބްދުއްލަތީފު

07-Mar-2021

ޢިލްމުވެރިންނައް މުނާފިޤުންގެ ލަގަބުދޭ މީހަކައްވުރެ ބޮޑު މުނާފިގެއް މިއުޑުދަށުގަ ނުހުންނާނެ. ކަލޭ ތިބުނީ މޫސާގެފާނާދިމާލައް ފިރުޢައުނު ބުނިގޮތައް. މުނާފިގުންތިބޭނެ މުއުމިނުން ކަތިލެވޭއިރު މަންޒަރުބަލަން.


7

ރަދީފް

07-Mar-2021

އާޒިމް އެއީ މާލޭގެ މާރުކޭޓުން 80 ރުފިޔާއަށް ގަންނަ މާނިޔާ މަހުން 600 ރުފިޔާގެ ފައިދާ ނެރެން ދަންނަ މީހެއް. ދަހި ގޮގޮޑާ



ޓްރެންޑިން