ކޯވިޑް19 އިން ދިފާއުވުމަށް އައްޑޫސިޓީގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހަރަކާތުގެތެރެއިން.
ކޯވިޑް19 އިން ދިފާއުވުމަށް އައްޑޫސިޓީގައި ކުރިއަށްދާ ވެކްސިން ދިނުމުގެ ހަރަކާތުގެތެރެއިން.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިއަދު ވެކްސިން ޖަހާފައިވަނީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި އެކަނިކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިގޮތުން މިކެމްޕޭނުގެ ދަށުން ޖުމްލަ 138،827 މީހަކު މިހާރު ވަނީ ވެކްސިން ޖަހައިފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން ޖުމްލަ 53،936 މީހަކު އަތޮޅުތަކުން ވެކްސިން ޖަހައިފައިވާއިރު، މިއަދު އެކަނިވެސް 1،703 މީހަކު އަތޮޅުތަކުން ވެކްސިން ޖަހާފައިވެއެވެ.

މީގެއިތުރުން، މާލެ ސަރަހައްދުން ޖުމްލަ 84،891 މީހަކު މިހާތަނަށް ވެކްސިން ޖަހައިފައިވާކަމަށް އެޗްޕީއޭގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާފައިވިނަމަވެސް، މާލެ ސަރަހައްދުގައި މިއަދު ވެކްސިން ޖަހާފައިނުވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި މިއީ މީގެ ކުރިންވެސް ހުކުރު ދުވަހާއި ދިމާކޮށް މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް ދެމުންދާ ލުޔެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނު "ކޯވިޑް-19 ދިފާޢު" ރަސްމީކޮށް ފައްޓާފައިވަނީ ފެބްރުއަރީމަހު އެއްވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ ކެމްޕޭނުގައި އަދި ބޭނުންކުރަމުން ދަނީ އިންޑިޔާއިން ހަދިޔާކޮށްފައިވާ ކޮވިޝީލްޑު ވެކްސިނެވެ.

ވެކްސިން ޖެހުމުގެ ކެމްޕޭނު ކުރިއަށްގެންދިއުމަށް މާލެ ސަރަހައްދުގައި އަށް ވެކްސިން ސެންޓަރާއި ދެ މޮބައިލް ޓީމް ހަރަކާތްތެރިވަމުންދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އަދި އަތޮޅު ތެރޭގައި 169 ވެކްސިން ސެންޓަރެއް ގާއިމު ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން