ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ދަޢުލަތުގެ ނިޝާން ޖަހާފައިވާ ލިޔުމަކާ ޚިލާފު ނުވެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ޢިމާރާތްކުރި ހިޔާ މަޝްރޫޢުގެ ފްލެޓް ނުލިބުނު ބައެއް ފަރާތްތަކާއެކު ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހައުސިން މިނިސްޓަރ އަސްލަމާއި، ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިންގޮތް މުރާޖަޢާ ކުރުމަށް ޙަވާލުކުރި ކޮމިޓީގެ މެމްބަރުން މިއަދު ވަނީ ޙާޟިރުކޮށްފައެވެ. އެ ކޮމިޓީ އަޑުއެހުމަށް މަޖިލީހަށް ދިޔަ ޢާއްމުންނަށް ކޮމިޓީއަށް ވަދެވޭގޮތް ނުވުމުން އެފަރާތްތަކުން ވަނީ މަޖިލީސް ސަރަޙައްދުގައި މުޒާހަރާ ކޮށްފައެވެ.

ރައީސް ނަޝީދު ވަނީ، އިދިކޮޅު ކޯލިޝަންގެ މަޖިލީސް މެމްބަރުންނާއެކު އިޙްތިޖާޖް ކުރަމުންދިޔަ ޢާއްމުންގެ ގާތަށް ވަޑައިގެން އެ ފަރާތްތައް މަޖިލީހަށް ވައްދައި އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި ފްލެޓް ލިބުނުކަމަށް ދޫކުރި ލިޔުމަށް އޮތް ބާރުވެރިކަމާ ގުޅޭގޮތުން ޢާއްމުން ފާޅުކުރި ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދަޢުލަތުގެ ނިޝާނެއް ޖަހާފައިވާ ލިޔުމެއް އޮތްނަމަ އެ ލިޔުމަކަށް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބަންޑާރަނާއިބު އިބްރާހިމް ރިފްޢަތު ވިދާޅުވެފައިވަނީ، ސަރުކާރުގެ ނިޝާންޖަހައި ދޫކުރާ ލިޔުމަކުން ޤާނޫނީ ގޮތުން ބަދެވޭ ބަދެވުމެއް އުފެދެނީ އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ ވާހަކަތަކުންނާއި އެލިޔުމުގައި ބަޔާންކޮށްފައި އޮންނަ އިލްތިޒާމްތަކުން ކަމަށާއި، ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނުކަމަށްބުނެ ދޫކުރި ލިޔުންތަކުގައި އެފަދަ ކަމެއް ނެތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


8

އީސަ

13-Mar-2021

ކަލޭމެން ޚިލާފުވަނީ 7 އުޑުމަތިން ބާވައި ލެއްވި ޤުރްއާނަށް އެކަނި ދޯ. ބޮޑު އިބިލީސް.



ޓްރެންޑިން