ގައުމު އިސްލާހު ކުރުމަށް "ޑްރީމް ޓީމެއް" އެކުލަވާލައިފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމުން، ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު، މަލާމާތުގެ ރާގެއްގައި އުމަރަށް ރައްދުދެއްވައިފިއެވެ.

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި އިސްލާހީ ހަރަކާތެއް އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެކި ބޭފުޅުން ވަޑައިގެންފިކަމަށާއި އެކަމަކު އެމީހުންނަށް އެދެވޭ ބަދަލެއް ގެނެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ޤައުމު އިސްލާހުކުރުމަށް "ޑްރީމް ޓީމެއް" މިހާރު އެކުލަވާލައިފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ އުމަރުގެ ޑްރީމް ޓީމް ވާނީ ހަމަ ޑްރީމްއަކަށް ނުވަތަ ހުވަފެނަކަށެވެ. އަދި އުމަރުގެ ޓީމަށް ރައްޔިތުންވެސް، ސަރުކާރުން އަދި އިދިކޮޅުންވެސް މީގެ ކުރިން ޖާގަ ދިންކަންވެސް ސައުދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އުމަރު ކުރައްވާ މި މަސައްކަތަކީ 2023 އަށް ކޮންމެވެސް ދިމާލަކުން ޖާގައެއް ހޯދަން ކުޅޭ "ޑްރީމް" އެއްތޯވެސް ސައުދު ސުވާލުކުރައްވާފައިވެއެވެ.



އުމަރު ނަސީރާއި ބައެއް ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެން ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)ގެ ނަމުގައި ސިޔާސީ ހަރަކާތެއް ފަށާފައިވާއިރު، އެ ހަރަކާތުގައި ކުރީގެ ޚަރިޖީ ވަޒީރު ދުންުޔާ މައުމޫނު ވެސް އިސް ދައުރެއް އަދާކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު


7

ރަހުމަ

07-Mar-2021

ޤައުމުގެއިސްލާހަށް އުމަރުނަސީރު ކުރައްވާ މަސައްކަތަކާ ދައްކަވާ ވާހަކަތަކަށް ރައްދެއްދެވޭވަރުގެ އިޚްލާސްތެރިކަމެއްހުރި ސައުދެއް. ޖުމްހޫރީޕާޓީއަކު. ނޫޅޭނެ .


5

އިބްރޭ

06-Mar-2021

އެންމެ ބޮޑަށް ވެރިކަން ބޭނުންވެގެން އުޅޭ ޕާޓީ ސާފު ވެއްޖެ. އަވަހޭދޯ ފުންމައިގަތް އިރު. ތިމާއާ ނުބެހޭ އެއްވެސް ކަމެއް ނޯވޭތަ.


-1

ފާތުމަ

06-Mar-2021

މޭވާ ނާޅާ ގަހަކަށް ގަޅި ނުއުކާނެ.


-7

ޙުސޭނުބޭ

06-Mar-2021

ސައުދޫ ހާދަ އަސަރެކޭ ތިޔަ ކުރީ.



ޓްރެންޑިން