އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   22 ފެބްރުއަރީ 2021 - 18:26
މަތީ ތައުލީމަށް ދޫކުރާ ލޯނުގައި ކޮންމެ ރަށަކަށް ވަކި އަދަދެއް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު "ރަށްވެހި ފަތިސް"ގެ ނަމުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ގއ. އާއި ގދ.ގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ސުޓޫޑެންޓް ލޯނު މިފަހަރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ ކޮންމެ ރަށަކަށް ވަކި ވަރެއް ކަނޑައަޅަން. އެހެންވީމާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މިފަހަރު ލޯނު ދޫކުރާއިރުގައި ކޮންމެ ރަށަކަށް ވަކި ވަރެއް ކޮންމެ އަތޮޅަކަށް ވަކި ވަރެއް އަދި ދާއިރާތައްވެސް ކަނޑައެޅިފައި އޮންނާނީ." ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ޚާއްސަކޮށްގެން މިފަހަރު ހުޅުވާލި ލޯން ސްކީމްގައި 770 ފަރާތަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެއެވެ. މިއީ މިހާތަނަށް ހުޅުވާލި އެންމެ ބޮޑު ލޯން ސްކީމެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ކިޔަވަމުންދާ ކުދިންނަށް ޚާއްސަކޮށްފައިވާ 471 ޖާގައާއި، އަލަށް ކިޔަވަން ފަށާ ކުދިންނަށް ޚާއްސަކޮށްފައިވާ 290 ޖާގައެވެ.

އަދި ރާއްޖޭގައި ތައުލީމު ހާސިލްކުރެވޭ ބައެއް ދާއިރާތަކުން ރާއްޖެއިން ބޭރަށް ގޮސްގެންވެސް ކިޔެވުމުގެ ފުރުސަތު މިފަހަރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި އެމްބީބީއެސް ހިމެނެއެވެ. އަދި މިއަހަރުގެ ލޯން ސްކީމްގައި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް 20 ޖާގަ ވަނީ ހާއްސަކޮށްފައެވެ.

މިފަހަރު ލޯނަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޒަކާތު ފަންޑުގައި ފަގީރުންގެ ގޮތުގައި ދަފްތަރުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ސްޓޫޑެންޓް ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މާރޗްމަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން