އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   22 ފެބްރުއަރީ 2021 - 18:12
އުތުރު ތިލަފަޅުގައި ސިފައިންނަށް ހާއްސަ ބަނދަރެއް ތަރައްގީކުރުމާ ބެހޭ ގޮތުން ކޮށްފައިވާ މަޝްވަރާތަކުގެ ތަފްސީލް ލިޔެކިއުންތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އުތުރު ތިލަފަޅުގައި ބަނދަރެއް ހަދަން ރާއްޖެއާއި އިންޑިއާއިން ސޮއިކުރި އެއްބަސްވުމުގެ ތަފްސީލު ހާމަކުރަން ގޮވާލައި ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަަރު އަހުމަަދު ޝިޔާމް މިއަދު ހުށައެޅުއްވި ކުއްލި މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ޕޯޓަލްއަށް އެ ހުރިހާ ޑޮކިއުމަަންޓެއް ލައިދޭނަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ އެ އެއްބަސްވުން ވުޖޫދުކުރަން ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށާ އެ މަސައްކަތް ކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

އެއާއެކު އިދިކޮޅުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ނެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓިއަކީ ޤައުމުގެ ސިޔާދަތީ ބާރަށް ކުޑަވެސް އުނިކަމެއް ލިބިދާނެފަދަ ޚާރިޖީ އަދި އަސްކަރީ ހުށަހެޅުން ތަކާއި ދައުވަތު ތަކަށް އެއްވެސް އިރެއްގައި އިޖާބަ ދޭނެ ޕާޓީއެއް ނޫން ކަމަށެވެ.

އަދި އެމްޑީޕީ ވެރިކަމުގައި އޮވެގެން ގައުމުގެ ދީނީ ޝިޔާރު ފަނޑުކޮށް ގައުމުގެ މިލްކުވެރިކަން ގެއްލުވާލުމަށް ކުރަމުންދާ ހުރިހާ މ،ަސައްކަތަކަށް އެޕާޓީން ހުރަސް އަޅާނެ ކަމަށް އެބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން