ކުށްކުރާ ގޭންގުތަކުގެ ވަކިތަކުން ކުޑަކުދިން ސަލާމަތްކޮށް، އެ ކުދިންގެ މުޅި ދިރިއުޅުން އަލުން ބައްޓަންކުރުމަށް ސަރުކާރުން އެކުލަވައިލި "ހޯޕް އައިލެންޑް" މަޝްރޫއު މާލެއާ 10 މިނެޓުގެ ރާސްތާއެއްގައި އޮތް މާގިރިފަޅުގައި ހިންގަން ނިންމައި، އެ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫއު ކުރިން ދ. ވާނީގައި ހިންގަން ނިންމި ނިންމުން ބަދަލުކުރަން ޖެހުނީ، އެފަދަ ނާޒުކު ފަރުވާއަކަށް ބޭނުންވާ ސޯޝަލް ވޯކަރުންނާއި ފަންނީ މީހުން މާލެއއިން ބޭރުން ހޯދުމަށް ހުރި ދަތިތަކުގެ އިތުރުން، އެ ކުދިންނަށް ދިމާވެދާނެ ކުއްލި ސިއްހީ ނުރައްކާތަކަށް އަވަސް ފަރުވާ ދިނުމުގައި ދުރު ރަށަކުން ދިމާވާނެ ގޮންޖެހުންތަކަށް ބެލުމަށްފަހުގައެވެ.
ސަރުކާރަށް 3 އަހަދު ފުރުމާ ގުޅިގެން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ވާނީގެ ބަދަލުގައި މާލެ ސަރަހައްދުން ބިމެއް ހޯދުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އެގޮތުން އުތުރުތިލަފަޅަކީ ވެސް މިފަދަ ހިދުމަތަކަށް ބަލާއިރު މާލެއާ މާ ދުރު ސަރަހައްދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކަމަށާއި، ގުޅިފަޅު ބެލި ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ވަރުގެ ބޮޑު ޖާގައެއް އެތަނުން ލިބެން ނެތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، އެންމެ އެކަށޭނަ ތަނެއްގެ ގޮތުގައި ކަނޑައެޅުނީ ތިލަފުށީގެ ކުރިމަތީގައި އޮންނަ މާގިރިފަޅެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ފަޅު ތަރައްގީކުރުމަށް ހަދަންޖެހޭ ތިމާވެށީގެ ދިރާސާ (އީއައިއޭ) މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އެ މަސައްކަތް ނިމުމާއެކު، ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް "ހޯޕް އައިލެންޑް" ގެ އެއްވަނަ ފިޔަވަހި ނިންމައި، ކުދިން ބައިތިއްބަން ފެށުމެވެ. އަދި 2028 ވަނަ އަހަރާ ހަމައަށް މުޅި މަޝްރޫއު އެއްކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް ފެސިލިޓީ އިމާރާތްކޮށް ނިމެންދެން މަޑުނުކޮށް، އަންނަ އަހަރުގެ ކުރީކޮޅު ފުލުހުންގެ ބެލުމުގެ ދަށުން ދ. ވާނީގައި މަދު ކުދިންކޮޅަކާއެކު މި ޕްރޮގްރާމްގެ ޓެސްޓު މަރުހަލާއެއް ފެށުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ކުށުގެ ވެށީގައި އުޅޭ ކުދިން އެ މާހައުލުން މުޅިން ވަކިކޮށް، އެ ކުދިންގެ އުމުރުން 18 އަހަރު ވަންދެން ބައިތިއްބައިގެން ތައުލީމާއި އަހުލާގީ ހެޔޮ ތަރުބިއްޔަތު ދިނުމެވެ. އަދި 18 އަހަރު ފުރުމަށްފަހު، އެ ކުދިންގެ ހާލަތު ވަޒަންކުރުމަށްފަހު، ފާރަވެރިވުމުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މުޖުތަމައަށް އަނބުރާ ނެރުމާއި، ބައެއް ކުދިން ސިފައިންނާއި ފުލުހުންގެ ހިދުމަތަށް ވެއްދުން ހިމެނެއެވެ.
މިއީ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު