މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފިއެވެ.
މޯލްޑިވް ގޭހުން މިއަދު ބުނީ، އެލްޕީޖީ ގޭސް ސަޕްލައި ކުރުމަށް ދިމާވި ދަތިތައް މިވަގުތަށް މިހާރު ވަނީ ހައްލުކުރެވިފައި ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް ފުރިހަމަ މިންވަރަށް ގޭސް ފުޅިތައް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އަދި އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ވީހާވެސް ލުއިފަސޭހަކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށްވެސް ވަނީ ބުނެފައެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެ ކުރުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ކައްކާ ގޭސް ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވް ގޭސް ކުންފުނިން ނިންމީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.
މި ބަދަލާއެކު ގޭސް ދޫކުރަމުން ގޮސްފައިވަނީ، 10 ކިލޯގެ ފުޅިއަކަށް 7 ކިލޯގެ ގޭސް، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އަދި 45 ކިލޯގެ ފުޅިއަކަށް 31 ކިލޯގެ ގޭހެވެ.
ފުޅިތަކަށް އަޅައިދޭ މިންވަރު އޭރު މަދުކުރި ނަމަވެސް، ކަސްޓަމަރުންގެ އަތުން ފައިސާ ނަގަމުން ދިޔައީ ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބަލައި، މިހާރުވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންކަމުން، މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުވެފައެއް ނުވެއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލެން މެދުވެރިވީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް މެދުއިރުމަތީގައި ފެށި ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލާއި ގޭސް ދައުރުކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވަނީ އަސްކަރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ހާލަތުގެ ސަބަބުން ގޭހުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ދަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ.
މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ގޭހުން ފާހަގަކުރިއެވެ. އެ މަސައްކަތް އެއްކޮށް ނިމުމުން، ރާއްޖެއަށް ތިން މަސްދުވަހަށް ބޭނުންވާ މިންވަރަށް ގޭސް އެއްފަހަރާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މޯލްޑިވް ގޭހުން އިތުރަށް ބުނެފައިވަނީ، ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ލޮޅުންތަކާއި ދަތި ހާލަތްތަކުގައި ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރު މަދުކުރަންޖެހޭ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި ވަގުތީ ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި މޯލްޑިވް ގޭހުން ވަނީ ނިހާޔަތަށް މަޢާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު