އާރުޓީއެލް ފެރީ
އާރުޓީއެލް ފެރީ
އައްޑޫ ހުޅުމީދޫއާއި ގަމާ ދެމެދު އެމްޓީސީސީން ސީދާ ސްޕީޑް ފެރީގެ ދަތުރުތައް ފަށަނީއައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫއާއި ގަމާ ދެމެދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ސީދާ ސްޕީޑް ފެރީގެ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މިހާތަނަށް ހުޅުމީދޫއާއި ގަމާ ދެމެދު އެމްޓީސީސީގެ ސީދާ ސްޕީޑް ފެރީގެ ޚިދުމަތް ގާއިމުކުރެވިފައި ނެތުމުން، އެ ދެ ރަށުގެ ދެމެދުގައި ދަތުރުކުރާ ފަރާތްތަކަށް ގަމަށް ދެވެނީ ފޭދޫއަށް މަޑުކުރުމަށްފަހުއެވެ. ނަމަވެސް، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުމީދޫއާއި ގަމާ ދެމެދު ސީދާ ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އަލަށް ތައާރަފުކުރާ މި ރޫޓާއެކު ގަމާއި ހުޅުމީދޫއާ ދެމެދު ކުރާ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބި، ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.އައްޑޫ ސިޓީގެ ފެރީ ޝެޑިއުލް ދައްކާގޮތުން، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ އެހެން ކޮންމެ ދުވަހަކުވެސް ހެނދުނު، މެންދުރު، މެންދުރުފަސް އަދި ރޭގަނޑު ގަމާއި ހުޅުމީދޫއާ ދެމެދު ދަތުރުތައް އޮންނާނެއެވެ. އަދި ހުކުރު ދުވަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެނދުނު، މެންދުރުފަސް އަދި ރޭގަނޑު އެކަންޏެވެ.



ކިޔުންތެރިންގެ ހިޔާލު